ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއެންޔޫގެ ވެލްނަސް ސެންޓަރު ހިންގައި ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

National university
Maldivian_Ads
TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ވެލްނަސް ސެންޓަރު ހިންގައި ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އެތަން ހިންގާނެ ބަޔަކު ހޯދަން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހު ނުވައެއްގަ އެވެ. އެއަށްފަހު މައުލޫމާތު ބަދަލުވެގެން ދެ ފަހަރެއްގެ މަތިން ވަނީ އިއުލާނުކޮށްފަ އެވެ.

އެމްއެންޔޫއިން ކުރި އިއުލާނުގައި ބީލަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ދީފަ އެވެ. އެ ދުވަހުގެ ހެނދުނު 10:00 އަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައި ވާއިރު ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ނަމަ ބީލަން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެމްއެންޔޫގެ ވެލްނަސް ސެންޓަރަކީ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން، އާންމު މުޖުތަމައަށް ބޭނުންވާ ނަފްސާނީ ދުޅަހެޔޮކަމާއި ކައުންސެލިން އަދި ނަފްސާނީ އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒެކެވެ.

HajjCop_ads
Advertisement

އެ ތަނަކީ އެމްއެންޔޫގައި ތައުލީމީ ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް ބޭނުންވާ އަމަލީ ތަމްރީނާއި އިންޓާންޝިޕް އަދި ސުޕަވައިޒްޑް ޕްރެކްޓިސްގެ ފުރުސަތުތައް ވެސް ފަހިކޮށްދޭ ތަނެކެވެ.

ވެންނަސް ސެންޓަރު ހިންގާ ނަމަ ދަރިވަރުންނަށް ބޭނުންވާ ޕްރެކްޓިކަލް އިންޓާންޝިޕް އަދި ފީލްޑް ޕްލޭސްމަންޓް ފުރުސަތުތައް ފޯރުކޮށްދޭންޖެހެ އެވެ. ކޮންމެ ސެމިސްޓާއެއްގައި މަދުވެގެން 10 ދަރިވަރުންނަށް އަމަލީ ތަމްރީނުގެ ފުރުސަތު ދިނުމާއި ސެންޓަރަށް މުވައްޒަފުން ނަގާއިރު އެ ޔުނިވާސިޓީގެ ދަރިވަރުންނާއި ދަސްވެނިންނަށް އިސްކަން ދިނުމަކީ އެތަން ހިންގާ ބަޔަކު ކުރަންޖެހޭ ކަމެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް އަންގާރަ ދުވަހު ފަށާނެ

Image 20

ބެޗެލާ އޮފް ސްޓެޓިސްޓިކްސް ކިޔެވުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީން ހުޅުވާލައިފި

990

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް

ކަނޑުތަކާއި މޫސުމީ ދިރާސާތައް ކުރިއެރުވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި