ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ޔުނިވާސިޓީން 13 ދަރިވަރަކަށް ސްކޮލާޝިޕް ދީފި

Qw
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާ ހޯދާފައިވާ 13 ދަރިވަރަކަށް ސްކޮލަރޝިޕް ޙަވާލުކޮށްފިއެވެ.

މަތީ ތަޢުލީމު ޙާޞިލުކުރުމުގައި ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައި އެމްއެންޔޫގެ ބަޖެޓުން ކޮންމެ އަހަރަކު 1.5 މިލިއަން ރުފިޔާ ސްކޮލާޝިޕްތަކަށް ޚާއްޞަކުރެވެއެވެ.

ޤައުމީ ޔުނިވާސިޓީން މައިގަނޑު ތިން ބާވަތެއްގެ ސްކޮލާޝިޕް ދެމުން އަންނައިރު، އޭގެ ތެރޭގައި ހިމެނެނީ ކޯހުގެ މުއްދަތުގައި ދައްކަންޖެހޭ ކޯސް ފީ އިސްތިސްނާކޮށްދޭ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕާއި، ކޯސް ފީގެ އިތުރުން ދަރިވަރުންނަށް މަހުން މަހަށް މާލީ އިނާޔަތެއް ފޯރުކޮށްދޭ ފުލް ސްކޮލާޝިޕްގެ އިތުރުން، 1988 އަށްވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން 1999 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޝަހީދުންގެ އެވޯޑެވެ. ޝަހީދުންގެ އެވޯޑަކީ ފުރަތަމަ ސެމެސްޓަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދެވޭ ޚާއްޞަ އެވޯޑެކެވެ.

HajjCop_ads
Advertisement

މިއަދުގެ ރަސްމިއްޔާތުގައި ޙަވާލުކުރެވުނު ސްކޮލާޝިޕްތަކުގެ ތެރޭގައި ހަތަރު ދަރިވަރަކަށް އަންޑާގްރެޖުއޭޓް ފުލް ސްކޮލާޝިޕާއި، ދެ ދަރިވަރަކަށް އަންޑަރގްރެޖުއޭޓް ޓިއުޝަން ފީ ސްކޮލާޝިޕާއި، ފަސް ދަރިވަރަކަށް ޕޯސްޓްގްރެޖުއޭޓް ޓިއުޝަން ފީ ސްކޮލަރޝިޕް އަދި ދެ ދަރިވަރަކަށް ޝަހީދުންގެ އެވޯޑު ދީފައިވެއެވެ. މިއާއެކު، އަލަށް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނާއެކު ޖުމްލަ46 ދަރިވަރަކު މިވަގުތުވެސް އަންނަނީ އެމްއެންޔޫގެ ސްކޮލާޝިޕްތަކުގައި ކިޔަވަމުންނެވެ.

ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ރެޖިސްޓްރަރ މުޙައްމަދު ލާމިރު ވަނީ މި ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، ކޯސް ފުރިހަމަކޮށް ނަމޫނާ ދަރިވަރުންތަކެއްގެ ގޮތުގައި ޤައުމު ބިނާކުރުމުގައި ބައިވެރިވުމަށް ނަސޭހަތްތެރިވެފައެވެ.

“އަޅުގަނޑު މިއަދު ތިޔަ ދަރިވަރުންނަށް ދޭ ނަސޭހަތަކީ މި ލިބުނު ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، ސްކޮލަރޝިޕުގެ އެއްބަސްވުމުގައިވާ ގޮތަށް އެއްވެސް މާއްދާއަކުން ފެއިލްނުވެ، ކޯހުގެ މުއްދަތުގައި ކޯސް ނިންމާ، ނަމޫނާ ދަރިވަރުންތަކެއްގެ ގޮތުގައި މި ޔުނިވަރސިޓީން ނުކުމެ، ޤައުމު ބިނާކުރުމުގައި ބައިވެރިވުން. އަޅުގަނޑުގެ ދުޢާއަކީ ތިޔަ އެންމެހާ ދަރިވަރުންނާއި އަދި މުޅި ޔުނިވަރސިޓީއަށް މާތްވެގެންވާ އިލާހު މިވަރުކުރެއްވުން. އަދިވެސް އެއްފަހަރު ތިޔަ އެންމެހާ ދަރިވަރުންނަށް، މުޅި ޔުނިވަރސިޓީއާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ނުހަނު ލޯބިން ތަހުނިޔާ ދަންނަވަން.” މުޙައްމަދު ލާމިރު ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ގައުމީ ޔުނިވާސިޓީގެ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ފެކަލްޓީގެ ޑީންގެ މަގާމަށް ރީޝާ އައްޔަންކުރައްވައިފި

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް އަންގާރަ ދުވަހު ފަށާނެ

National university

އެމްއެންޔޫގެ ވެލްނަސް ސެންޓަރު ހިންގައި ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

Image 20

ބެޗެލާ އޮފް ސްޓެޓިސްޓިކްސް ކިޔެވުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީން ހުޅުވާލައިފި