ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި މަޖިލީހުގެ ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ: އަބްދުއްރަހީމް

STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުޑަވެސް ފަސްޖެހުމެއް ނޯންނާނެކަމަށް މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ފޮނަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޖިލީހުގެ ރައީސް ނިސްބަތްވެ ވަޑައިގަންނަވާ އަދި ތަމްސީލުކުރައްވާ ދާއިރާ ހިމެނޭ ފޮނަދޫގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދާހަމައަށް އާއިރު އަދުގެ ސަރުކާރުން މިވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށެވެ. އޭގެ އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހި ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ދައްކަންޖެހޭ ދަރަނި ދައްކަމުން، ކުރަންޖެހޭ ކަންކަން ކުރަމުން މިއަދާހަމައަށް ކުރިއަށްގެންދަވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވަނީ ޤައުމުގެ ކުރިއެރުމާއި ޔައްޔިތުންނާ ގުޅުންހުރި މުޙިއްމު ބިލުތަކެއްކަން ފާހގަކުރަައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެފަދަ ބިލުތައް ފާސްކުރުމަށް މަޖިލީހުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މެންބަރުން ތިބީ ފިސާރި ކެރިގެން ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭން ތައްޔާރަށްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ. އަދި ސަރުކާރުން ފޮނުވާ އެފަދަ މުހިންމު ބިލުތައް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ” މަޖިލީހުގެ ރައީސް

މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އަދުގެ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ފޮނަދޫ ތަރައްޤީކުރެއްވުމަށް ނިންމެވި ނިންމެވުން ފާހަގަކުރައްވައި، މި ދަރުފުފުޅުގެ ތެރެއިން ސޮއިކުރެވުނު ތަރައްޤީގެ މަޝްރޫޢުތަކަކީ އެރަށުގައި މިހާތަނަށް ހިންގޭ ތަރައްޤީގެ އެންމެ ގިނަ އަދި އެންމެ ބިޔަ މުހިންމު މަޝްރޫއުތައްކަން ފާހަގަކުރައްވާފައެވެ.

ފޮނަދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ ފޮނަދޫގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތާއި ލޭންގުއެޖް ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މީގެ އިތުރުން ފޮނަދޫގައި އޮފީސް ކޮމްޕްލެކްސެއް ގާއިމުކުރުމުގެ މަޝްރޫއާއި ބަނދަރު ތަރައްޤީކުރުމާއި މަގުހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވައްސާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއ،ި ކައްދޫ އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސެއް ގާއިމުކުރުމުގެ މަޝްރޫއުވެސް މި ޖަލްސާގައި ވަނީ ހަވާލުކޮށްފައެވެ. އަދި އެމަޝްރޫޢުތައް ނިމި އިފްތިތާޙުކުރުމަށް ރައީސް ވަޑައިގަންނަވާނެ ދުވަހެއްގެ އިންތިޒާރުގައި އެރަށު ރައްޔިތުން ތިބޭނެކަމުގައި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ފެނަކައިގެ އައްޑޫ ބްރާންޗުގެ ކޮރަޕްޝަން މައްސަލަތައް ބަލަން ފުލުހުންނަށް ހުށަހަޅަން މަޖިލީހުން ފާސްކޮށްފި

Ew

ޕީއެންސީގެ އެތެރޭގެ އިންތިޚާބުން ރައްޔިތުން ރައީސް މުޢިއްޒަށް ކުރާ އިތުބާރު ހާމަވެއްޖެ: އަބްދުއްރަހީމް

Ew

އެމްޑީޕީ އޮތީ ފެއިލްވެފައި، އެ ޕާޓީން އިޤްތިޞާދީ ވާހަކަދެއްކުން ގޯސް: ޢަބްދުއްރަޙީމް

Sstv FORM FOR EC

ޕީއެންސީ އޮތީ ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކަމާއެކު: އަބްދުއްރަހީމް