ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިއްސާރައިގައި 14 ރަށަކަށް ގެއްލުންވެ، ކުޅުދުއްފުށީގެ އެއް ގޭ ހުސްކޮށްފި

TTH_Ads
STO_Ads
Advertisement

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 14 ރަށަކަށް ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މިއަދު ހާމަކުރި ގޮތުގައި ގދ. އަތޮޅުގެ މަޑަވެލި، ހޯނޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ އަދި ފަރެސްމާތޮޑާއަށް ގެއްލުންވެފައިވެއެވެ. އަދި މ. ދިއްގަރު، މ. މަޑުއްވަރީ، ގއ. މާމެންދޫ، ލ. މާވައް، ހދ. ނޮޅިވަރަންފަރު، ސ. މަރަދޫ، ރ. ފައިނު، ކުޅުދުއްފުށީ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވެސް ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މި ރަށްތަކުގެ ތެރެއިން ކުޅުދުއްފުށީގެ އެއް ގެޔަކަށް ގެއްލުން ލިބިގެން އެ ގޭގައި ދިރިއުޅޭ މީހުން އެއް ދުވަހަށް އެހެން ގެޔަކަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ހާމަކުރިއެވެ. ނަމަވެސް އިތުރު އެއްވެސް ރަށެއްގެ ގޭގައި ދިރިއުޅޭ މީހުން ބަދަލުކުރަން ޖެހޭ ހާލަތަކަށް ގޮސްފައި ނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

HajjCop_ads
Advertisement

ވިއްސާރައިގައި ގެއްލުންވެފައިވާ ރަށްތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

އަލިފާނުގެ ހާދިސާ: ދުމުގެ އަސަރުކޮށްގެން ތުއްތު ކުއްޖަކާއި 20 މީހަކަށް ފަރުވާ ދެނީ

43

ޖަޕާނުގެ އެހީގައި ފެންހިއްކާ ޕަންޕުތައް 18 ރަށަކާ ހަވާލުކޮށްފި

ފެން ހިންދާ ޕަމްޕު ފޯރުކޮށްދޭނެ 10 ކައުންސިލަކާ އެއްބަސްވުމެއް؛ 5 ކައުންސިލާ ހަވާލުކޮށްފި