ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލައިފި

419631 3 d07cd4e3b455907e2e9742ba60822bae5328c40f large
އެފްއޭއެމް ކޮންގްރެސްގެ ތެރެއިން — ފޮޓޯ: މިހާރު
STO_Ads
TTH_Ads
Maldivian_Ads
Advertisement

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 26 ގައި ބާއްވަން ނިންމާފައިވާ އިރު، ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން މިއަދު ހުޅުވާލާފައިވަނީ އަންނަ މަހުގެ 6 ގެ ނިޔަލަށެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ދެވަނަ ނައިބުންގެ މަގާމަށް ދެ މީހަކު އިންތިހާބުކުރަން ޖެހޭނެއެވެ. އަދި އާންމުންގެ މެންބަރުންގެ ގޮތުގައި އަންހެން ދެ މެންބަރުން ހިމެނޭ ގޮތަށް ހަތް މެންބަރުން އިންތިހާބުކުރަން ޖެހޭނެއެވެ.

HajjCop_ads
Advertisement

އެފްއޭއެމްގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ބައްސާމް އަދީލް ޖަލީލެވެ. އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ދައުލަތުން ވަނީ ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތްތެރިވުމުގެ ދައުވާ އުފުލައިފައެވެ.

އެފްއޭއެމް މިހާރު ހިންގަނީ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 870x 6ab0025d0840a

އެފްއޭއެމުން ބާއްވާ ރެފްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

FAM TOM

އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ގާއިމްކުރާ ރަށްތައް ކަނޑައަޅައިފި

އދ. އަތޮޅުގެ ޗެމްޕިއަންކަން ދަނގެތި ހޯދައިފި

B vbDQDN5AfLH3tPUXZP42hx5mr

ބައްސާމް ގޭ ބަންދަށް ބަދަލުކޮށްފި