ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލ. އަތޮޅުގެ ޗެމްޕިއަން ޝީލްޑް އިސްދޫ ޓީމުން އުފުލާލައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

އެފްއޭއެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕް 2026 ގެ ލ. އަތޮޅުގެ ޗެމްޕިއަން ޝީލްޑް އިސްދޫ ޓީމުން އުފުލާލައިފިއެވެ. މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އަލަށް ތައާރަފްކުރި އެފްއޭއެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕްގެ އެންމެ ފަހު މެޗެވެ.

މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މަދު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި، އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ އިސްދޫއިންނެވެ. އެއީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ގަމުގެ ޒައިދާން އަބްދުﷲ ބޯޅަ ހިފައިގެން ކުރިއަރަން ދާންއުޅުމުގެ ތެރޭގައި ހާފުގެ މެދެއްހާ ހިސާބުން އެ ބޯޅަ ހޯދައި، އަހުމަދު އަފްސަމް ވަނީ އޭނާގެ ހުނަރު ދައްކާލުމަށްފަހު ޕެނަލްޓީ އޭރިއާ ބޭރުން ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

HajjCop_ads
Advertisement

އިސްދޫން ލީޑު ނެގިތާ ފަސް މިނެޓު ފަހުން ގަމުން ނަތީޖާ ހަމަހަމަކުރިއެވެ. އިސްދޫގެ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށްފަހު ގަމުގެ ހުސައިން ޝަރީފް ފޮނުވާލި ހަމަލާ ގޯލަށް ވަނީ އިސްދޫ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައެވެ.

މެޗުގެ ފަހުވަގުތާ ހަމައަށް ވެސް ދެ ޓީމުން މޮޅުވާން ވަރުގަދައަށް މަސައްކަތް ކުރަމުން ދަނިކޮށް މި މެޗު އިސްދޫ ކޮޅަށް އެނބުރުނީ މެޗު ނިމެން ދަނިކޮށެވެ. އިސްދޫގެ އަމިއްލަ ހާފު ތެރެއިން ލިބުނު ހިލޭ ޖެހުމަކުން ގަމުގެ އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، ލޫތު އަހުމަދު ފަތުހީ ވަނީ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މި ލަނޑާއެކު މެޗު ނިމި، އިސްދޫ ވަނީ ލ. އަތޮޅުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.

މުބާރާތުގެ ވަކިވަކި ކުޅުންތެރިންނަށް ދިން އެވޯޑުތަކަށް ބަލާއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިސްދޫގެ އަހުސަން ރަޝާދެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ އިސްދޫ ޓީމުގެ އިބްރާހިމް ނަބީލެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ:

ޒައިދާން އަބްދުﷲ (ގަން)
ވިސާމް އަބްދުﷲ (އިސްދޫ)
ހުސައިން ނާޝިދު (ގަން)
އަލީ މީސާގު އީސާ (އިސްދޫ)
އަލީ ހުމައިޒު (އިސްދޫ)

މި ކާމިޔާބީއާއެކު އެފްއޭއެމްގެ ފުރަތަމަ ފުޓްސަލް އަތޮޅު މުބާރާތުގެ ހުރިހާ މެޗުތަކެއް މިވަނީ ނިމިފައެވެ. ދެން އޮންނާނީ އެފްއޭއެމް ޒޯން ފުޓްސަލް ޗެމްޕިއަންޝިޕެވެ. މި މުބާރާތުގައި ވާދަކުރާނީ ކޮންމެ އަތޮޅެއްގެ ފައިނަލުގައި ކުޅުނު ދެ ޓީމެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 870x 6ab0025d0840a

އެފްއޭއެމުން ބާއްވާ ރެފްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

FAM TOM

އެފްއޭއެމްގެ ރީޖަނަލް އޮފީސްތައް ގާއިމްކުރާ ރަށްތައް ކަނޑައަޅައިފި

އދ. އަތޮޅުގެ ޗެމްޕިއަންކަން ދަނގެތި ހޯދައިފި

B vbDQDN5AfLH3tPUXZP42hx5mr

ބައްސާމް ގޭ ބަންދަށް ބަދަލުކޮށްފި