ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންހެނުންނާއި ފިރިހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ފުޓްބޯޅަ އަދި ފުޓްސަލް ބޭސިކް ރެފްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެފްއޭއެމުން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯސްތައް ކުރިއަށްދާނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އަންހެނުންނަށް ޚާއްޞަ ކޯސް ކުރިއަށްދާނީ 3 އޮކްޓޯބަރުން 13 އޮކްޓޯބަރު 2026 ގެ ނިޔަލަށެވެ. އަދި ފިރިހެނުންނަށް ޚާއްޞަ ކޯސް: ކުރިއަށްދާނީ 5 އޮކްޓޯބަރުން 10 އޮކްޓޯބަރު 2026 ގެ ނިޔަލަށެވެ.

މި ކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 30 ސެޕްޓެމްބަރު 2026 ގެ ކުރިން އެފްއޭއެމުން އާންމުކޮށްފައިވާ އޮންލައިން ލިންކު މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް ވަނީ އެދިފައެވެ. ކޯހުގައި ބައިވެރިވުމުގެ މުހިންމު ޝަރުތުތަކުގެ ތެރޭގައި އިނގިރޭސި ބަހުން ރަނގަޅަށް ވާހަކަދައްކަން އަދި ލިޔަން އެނގުން ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ކޯސްތަކަކީ ރާއްޖޭގައި ފުޓްބޯޅައާއި ފުޓްސަލް ރެފްރީންގެ ފެންވަރު މަތިކޮށް، އާ ރެފްރީން އުފެއްދުމުގެ މަގުސަދުގައި އެފްއޭއެމުން ކުރިއަށްދާ ކޯސްތަކެކެވެ.