ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޮނާލްޑޯ އިތުރު ދެ އަހަރު އަލް ނަސްރުގައި މަޑުކުރަނީ

ronaldo
STO_Ads
TTH_Ads
Advertisement

ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އަލް ނަސްރު ކުލަބުގައި މަޑުކުރުމަށް ނިންމައި، 2027 ވަނަ އަހަރާ ހަމައަށް ދެމިގެންދާ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އައު އެއްބަސްވުމުގެ ދަށުން ރޮނާލްޑޯއަށް އަހަރަކު 178 މިލިއަން ޕައުންޑް ލިބޭނެއެވެ. މީގެ ތެރޭގައި ބޯނަސްތަކާއި މިލްކުވެރިކަމުގެ ހިއްސާވެސް ހިމެނެއެވެ. މީގެ އިތުރުން، އެއްބަސްވުމުގައި 24.5 މިލިއަން ޕައުންޑްގެ ސޮއިކުރުމުގެ ބޯނަސްއަކާއި ޕްރައިވެޓް ޖެޓްގެ ޚަރަދުތައްވެސް ހިމެނިފައިވާކަން ފާހަގަކުރެވެއެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ އަލް ނަސްރާ ގުޅުނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި، އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމަށްފަހުގައެވެ. އޭނާގެ މިހާރުގެ ކޮންޓްރެކްޓް 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހަމަވާއިރު، އެ ކުލަބުގައި ރޮނާލްޑޯ މަޑު ނުކުރާނެކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ.

HajjCop_ads
MMA_Ads
Advertisement

ރޮނާލްޑޯ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، “ހަމަ އެ ޝައުޤުވެރިކަމާއި އެ ހުވަފެނާއެކު، ތާރީޚީ ބަދަލެއް ގެނައުމުގެ އުންމީދުގައި އައު ބާބެއް ފެށުނީ” ކަމަށެވެ.

އަލް ނަސްރުގައި ރޮނާލްޑޯ ހޭދަކުރި މުއްދަތުގައި، މިހާތަނަށް ކުޅުނު 41 މެޗުގައި އޭނާ ވަނީ 35 ލަނޑު ޖަހާފައެވެ. މިއާއެކު، ޖެހިޖެހިގެން ދެވަނަ ސީޒަނުގައި ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވެއެވެ.

ރޮނާލްޑޯގެ ކެރިއަރުގައި އަލް ނަސްރަށް ޖުމްލަ 111 މެޗުން 99 ގޯލް ކާމިޔާބުކޮށްދީފައިވާއިރު، އޭނާގެ މުޅި ކެރިއަރުގައި ސީނިއަރ ގޯލްގެ އަދަދު 1،000 އާ ގާތްކުރެއެވެ. މިގޮތުން، ކްލަބުތަކަށާއި ޤައުމީ ޓީމަށް 938 ލަނޑު ޖަހާދީފައިވެއެވެ.

މީގެ ކުރިން ޕޯޗުގަލްއަށް ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދީފައިވާ މި ކުޅުންތެރިޔާއަކީ މެންޗެސްޓަރ ޔުނައިޓެޑް، ރެއަލް މެޑްރިޑް، ސްޕޯޓިންގ ލިސްބަން އަދި ޔުވެންޓަސްގެ ކުރީގެ ފޯވަޑެކެވެ. މިހާރު އޭނާގެ އަމާޒަކީ އަންނަ ފީފާ ވޯލްޑް ކަޕްގައި ހަވަނަ ފަހަރަށް ބައިވެރިވުމެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MMA_Ads
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Images (3)

ހަ ވޯލްޑު ކަޕްގައި ލަނޑުޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފާއެކު ރޮނާލްޑޯއަށް ރެކޯޑެއް