ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ހޯޕް އައިލެންޑް ނިމި ޚިދުމަތް ފެށުން: އިހްސާން

3
ހޯމް މިނިސްޓަރު އަލީ އިހްސާން — ފޮޓޯ: އަވަސް
TTH_Ads
STO_Ads
Advertisement

އަމާޒަކީ 2027ވަނަ އަހަރު ނިމުމުގެ ކުރިން ހޯޕް އައިލެންޑުގެ މަސައްކަތް ނިމި ކުޑަކުދިންނަށް ލިބެންޖެހޭ ފަރުވާގެ ކަންކަން ފެށިގެން ދިޔުން ކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯޕް އައިލެންޑަކީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ މަސައްކަތްތަކަށް ޤާއިމުކުރާ ތަނެކެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.

ހޯޕް އައިލެންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހޯޕް އައިލެންޑް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށާއި އެގޮތުން މިހާތަނަށް އެ ރަށް ހެދުމަށްޓަކައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ބިޑްތަކުގެ ތަފްސީލްތައް މި މަހުގެ 25ވަނަ ދުވަހު ލިބޭނެ ކަމަށެވެ.

HajjCop_ads
Advertisement

އެ އިވެލުއޭޓް ކުރުމަށް ފަހު އަޅުގަނޑުމެން މަސައްކަތް ބަޔަކާ ހަވާލުކުރާނަން. ޓާގެޓަކީ 2027ވަނަ އަހަރު ނިމެންވާއިރަށް މި ރަށް ގާއިމްކޮށް ކުޑަކުދިންނަށް ލިބެންޖެހޭ ޚާއްސަ ފަރުވާ ފެށުން. ވަޒީރުހޯޕް އައިލެންޑުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިއީ ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 700 މީހުންނަށް ތިބެވޭ ގޮތަށް ތަރައްޤީކުރާ ފެސިލިޓީއެކެވެ. މިތަނުގައި ރެޒިޑެންޝަލް ޔުނިޓް، އެޑިއުކޭޝަން ހަބް، ޓްރެއިނިން ފެސިލިޓީ، ކުޅިވަރުކުޅެވޭނެ ތަންތަން، މެޑިކަލް ފެސިލިޓީގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮމިއުނިޓީ އެންޑް ފެމިލީ އޭރިއާވެސް ހިމެނެއެވެ.

ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށް ސަރުކާރުންވަނީ ކުރިން ވިދާޅުވެފައެވެ. އެތަނުގައި ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ތަޢުލީމާއި ތަމްރީން ދިނުމާއި އަދި ވަކި އުމުރަކަށް ދިއުމަށް ވަޒީފާގެ ތަޖުރިބާ އާއި ފުރުސަތުތައް ހޯދައިދޭނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

445gf

ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ހުނަރު ނެތްނަމަ ނާކާމިޔާބުވާނެ: އިޙްސާން

Io

އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

Io

ގައިދީންނަށް އަމިއްލަ ކުންފުނި ހިންގޭ ފެންވަރުގެ ތަމްރީނު ދިނުމަކީ މުހިންމު ކަމެއް: އިހްސާން 

Igmh

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކުރަނީ