ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެދޮރުވެރިޔާ ސްކީމުގެ މައްސަލާގައި އަކްރަމް ހިމެނޭހެން ހަތަރު ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

STO_Ads
TTH_Ads
Advertisement

ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް އުޅުމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނިވަޑައިގަންނަވާހެން ހަތަރު ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދިނުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިއަދު އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ 4،000 ފުލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ބަޔަކު ހިމަނައި، ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެ ކޮމިޝަނާއި ފުލުހުންގެ ހިދުމަތުން ގުޅިގެން ހިންގި ތަހުގީގަށް ހޯދާފއިވާ ހެއްކާއި ގަރީނާއިން އެނގޭ ކަމަށެވެ.

އެ މައްސަލާގައި އުފުލައިދިނުމަށް އޭސީސީން އެދިފައިވާ ދައުވާއަކީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފަައިވާ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

HajjCop_ads
Advertisement

އެ މައްސަލާގައި ދައުވާކުރަން އެދިފައިވަނީ އަންނަނިވި 4 ބޭފުޅުންގެ މައްޗަށެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި އޭރު ހުރި މއ.އެވަރލާސްޓް، އަކްރަމް ކަމާލުއްދީން

އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ހއ.އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފް

އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މއ.ވިރާޙް، ޟިރުޢާމް ވަޙީދު

އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި މއ.އިހާދޫ، އަޙްމަދު ވިޝާން ނަސީމް

އޭސީސީން ބުނި ގޮތުގައި ރަސްމީ ހައިސިއްޔަތާއި ހައިސިއްޔަތުގެ ނުފޫޒު ނަަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ އިތުރަށްވެސް އެހެނިހެން ބައެއް ކުށްތައް މި މައްސަލާގައި ޝާމިލުވާ ބޭފުޅުން ހިންގެވިކަމަށް ތުހުމަތުވާތީ އެ މައްސަލަތަކުގެ ތަހުގީގު ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ.

އޭސީސީން ގެދޮރުވެރިޔާ ސްކީމުގެ ހައްގުވެރިންގެ ލިސްޓު އެކުލަވައިލި ގޮތާ ގުޅޭ ތަހުގީގެއް ހިންގުމަށްފަހު ނިންމާފައިވަނީ ފުލެޓު ލިބުނު 4،000 މީހުންގެ ތެރެއިން 20 އިންސައްތަ މީހުން ފިޔަވައި އެހެން މީހުންގެ ހުރިހާ ޝަރުތެއް ފުރިހަމަނުވާ ކަމަށެވެ.

އެ މައްސަލާގައި ލިސްޓު މުރާޖައާކުރުމުގެ މަސައްކަތް ކުރުމަށްފަހު ސަރުކާރުން ނިންމީ ލިސްޓުގައި ކަނޑައެޅިގެން އޮޅުވާލައިގެން ހިމެނިފައިވާ މީހުން ފިޔަވައި އެހެން މީހުންނަށް ފުލެޓު ދޫކުރުމަށެވެ.

އެމްޑީޕީ ވެރިކަމުގައި ގޯއްޗާއި ފުލެޓު ދިނުމުގައި ނަހަމަ ގޮތުގައި ގިނަ ކަންތައްތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭއިރު އެކަންކަން އިންތިޒާމުކޮށް ތަންފީޒުކުރުމުގައި އެންމެ އިސްކޮށް އުޅުއްވިކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން އައިސްފައިވާ ބޭފުޅަކީ އަކްރަމެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފި

43

1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ހަވާލުކުރަނީ

43

ތަކުރާރުކޮށް އެދުމުން ވެސް ސިޓީ ކައުންސިލުން ދަނީ މާރުކޭޓް އަޅާ ބިން ހަވާލުކުރަން ދެކޮޅު ހަދަމުން: ހައުސިން މިނިސްޓްރީ

Igmh

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: ފޯމުތައް ވެރިފައިކުރުމުގެ މަސައްކަތް ފަށައިފި