އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީކުރަން ޗައިނާގެ ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުالله މުއްޠަލިބެވެ. ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ.

މި މަޝްރޫޢުގެ ދަށުން ޑީޓުއަރ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް ލިންކް ރޯޑް ހަތަރު ލޭނަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް އެ ކުންފުންޏާ ވަނީ ޙަވާލުކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު