ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޯހިޔާވަހިކަމުގެ ފޯމުތަކުގައި މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަންގަން ފަށައިފި

43
Maldivian_Ads
STO_Ads
TTH_Ads
Advertisement

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފުލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް އަންގަން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދުއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި އިދާރާތަކުގައި ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް މިހާރު އެއްކުރެވިފައިވާ ކަމަށެވެ.

އޮޓޮމޭޓެޑް ސިސްޓަމެއްގެ ތެރެއިން މައުލޫމާތު ފުށުއަރާ ފަރާތްތަކަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދެއެވެ. އެ މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް ޖަވާބު ނުދީފިނަމަ މަޢުލޫމާތު ރަނގަޅުކުރުމުގެ ފުރުޞަތު ބަންދުވާނެއެވެ.

HajjCop_ads
Advertisement

މި މަސައްކަތަށް އެހީތެރިވުމަށްޓަކައި ދަރުބާރުގޭގައި ކޯލް ސެންޓަރެއް އަދި ހައުސިން މިނިސްޓްރީގައި ހެލްޕް ޑެސްކެއް ވަނީ ގާއިމުކޮށްފައެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ކޯލް ސެންޓަރުގެ ޚިދުމަތް ލިބޭނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ޖުމްލަ 58,585 ފޯމު ވަނީ ހުށަހަޅާފައެވެ. ސަރުކާރުގެ އަމާޒަކީ ވެރިފިކޭޝަން މަސައްކަތްތައް އަވަހަށް ނިންމައި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ދާއިމީ ލިސްޓު ޢާއްމުކުރުމެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Passport

ހިޔާވެހި ސްކީމުން އިތުރު 629 މީހަކަށް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ލޯނު ދޫކުރަނީ

Fahi flats

ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓު ޑިސެމްބަރު މަހު އާންމުކުރަނީ

Qw

ފުލުހުންގެ މައި މަރުކަޒާއި ދޮށިމޭނާ ބިލްޑިންގާ ދެމެދު އޮންނަ އެއްގަމު ތޮށްޓަށް އާންމު އުޅަނދުތައް ކައިރިކުރުން މަނާކޮށްފި

Io

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފި