ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާވެހި ސްކީމުން އިތުރު 629 މީހަކަށް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ލޯނު ދޫކުރަނީ

Passport
Maldivian_Ads
STO_Ads
TTH_Ads
Advertisement

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ފައިސާ ދޫކުރާ “ހިޔާވެހި” ފައިނޭންސިން ސްކީމުގެ ދަށުން މިހާތަނަށް 244 މީހަކަށް ލޯނު ދޫކޮށްފައިވާއިރު، އިތުރު 629 މީހަކަށް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރައްވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 30 ގެ ނިޔަލަށް އެ ސްކީމަށް ހުށަހެޅި 2،256 އެޕްލިކޭޝަންގެ ތެރެއިން އެކި މަރުހަލާތަކަށް ފަހު 891 ފޯމެއް ބަލައިގެންފައިވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ފާހަގަކުރެއްވި އެވެ. އަދި އަމާޒަކީ މި އަހަރުގެ ނިޔަލަށް އެ ހުރިހާ ފަރާތްތަކަށް ލޯނު ދޫކޮށް ނިންމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ޕްރޮގްރާމަށް ހޮވި ފައިސާ ދޫނުކޮށް ތިބި 629 މީހުންނަށް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަސައްކަތް ލަސްވުމަށް ދިމާވި މައިގަނޑު ސަބަބަކީ ފައިސާ ދޫކުރުމުގެ އުސޫލުތަކާއި އިޖުރާއަތްތައް ފުރިހަމަކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވުން ކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެގޮތުން ގޭގެ ކުރެހުމުގައި ވިޔަފާރި ބޭނުމަށް ކަނޑައެޅޭނީ 20 އިންސައްތަ ކަމަށް އޮތް ނަމަވެސް، ބައެއް ފަރާތްތަކުން އެއަށްވުރެ ބޮޑަށް ހުށަހަޅާފައިވުމާއި ބީއޯކިއު އަގު ލޯނުގެ އަދަދަށްވުރެ ބޮޑުވުން ފަދަ ކަންކަން އިސްލާހުކުރަން ޖެހުނު ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ ކަންކަން ހައްލުކުރުމަށް މިނިސްޓްރީ އާއި ބޭންކުތަކާއި ފޯމު ހުށަހެޅި ފަރާތްތަކުގެ މެދުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާވެހި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ މައިގަނޑު ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ދޫކުރާ 1 މިލިއަން ރުފިޔާގެ “ރަށްވެހި” ސްކީމާއި، އާބަން ސަރަހައްދުތަކަށް ދޫކުރާ 3 މިލިއަން ރުފިޔާގެ “ސަހަރު” ސްކީމުގެ އިތުރުން މާލެ ސަރަހައްދަށް ދޫކުރާ 6 އިން 10 މިލިއަން ރުފިޔާގެ “ފަހިމާލެ” ސްކީމެވެ. މިހާތަނަށް ރަށްވެހި ސްކީމުން 363 އެޕްލިކޭޝަން، ސަހަރު ސްކީމުން 438 އެޕްލިކޭޝަން އަދި ފަހިމާލެ ސްކީމުން 40 އެޕްލިކޭޝަން ވަނީ އެޕްރޫވްވެފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެޗްޑީއެފްސީ އަދި އެމްއައިބީ ގުޅިގެން އިސްލާމީ އުސޫލުން 5 އިންސައްތައިގެ ފައިދާގައި ކުރިއަށްގެންދާ މި ސްކީމުން ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބެއެވެ. އަދި ރަށްވެހި ސްކީމުގައި އިކުއިޓީ ބަހައްޓަން ނުޖެހޭއިރު، ސަހަރު ސްކީމަށް 5 އިންސައްތަ އަދި ފަހިމާލެ ސްކީމަށް 10 އިންސައްތައިގެ އިކުއިޓީއެއް ބަހައްޓަންޖެހެ އެވެ.

އަހަރަކު 2 ބިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ މި ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރައްވަމުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މިފަދަ އިތުރު މަޝްރޫއެއް އިފްތިތާހުކުރެވޭނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ބޯހިޔާވަހިކަމުގެ ފޯމުތަކުގައި މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަންގަން ފަށައިފި

Fahi flats

ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓު ޑިސެމްބަރު މަހު އާންމުކުރަނީ

Qw

ފުލުހުންގެ މައި މަރުކަޒާއި ދޮށިމޭނާ ބިލްޑިންގާ ދެމެދު އޮންނަ އެއްގަމު ތޮށްޓަށް އާންމު އުޅަނދުތައް ކައިރިކުރުން މަނާކޮށްފި

Io

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފި