ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ބޮޑުތަނުން އިތުރުވެއްޖެ: އިހްސާން

Img 5840 (1)
STO_Ads
TTH_Ads
Advertisement

މަސްތުވާތަކެތި ރާއްޖެއިން އަތުލައިގަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި “އަހާ” ފޯރަމްގައި މީހަކު ވަނީ މި ސަރުކާރުން މަސްތުވާތަކެތީގެ މަައްސަލަ ހުއްޓުވާނެކަމަށް ބުނެފައިވާތީ އެއީ ހަމަ ހަގީގަތުގައިވެސް ކުރެވިދާނެ ކަމެއްތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރު އަތުލައިގަންނަ މަސްތުވާތަކެތި އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

HajjCop_ads
Advertisement

މިނިސްޓަރު ވިދާޅުވީ އެކި ނަންނަމުގައި ފިލާތިބެ ޑުރަގު ވިޔަފާރިކުރާ މީހުން ހުއްޓުވާނެކަމަށް ކަމަށެވެ. އެގޮތުން ސީ ކާގޯ ކޮންޓެއިނަރު ސްކޭން ކުރެވޭނެ ސްކޭނަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އެ ސްކޭނަރު ގެނެވުމުން ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު މަސްތުވާތަކެތި ހުއްޓުވުމަށް ފޯކަސްކޮށްގެން މަސައްކަތް ކުރަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހުއްޓުވަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ މީހުން އެ ތަކެތި ވިއްކަނީ އެތަކެތި ވިއްކަނީ ދެތިން ލޭޔާއެއް އަޅައިގެން އެހެން ބަޔަކު ލައްވާ ކަމަށެވެ.

އެހެންވެ މިހާރު މަސައްކަތް ކުރަމުންދަނީ މަސްތުވާތަކެތި އެތެރެކުރުމުގެ މުގުލުގައި ތިބޭ މީހުންނާއި އަތޮޅު ތެރޭގައި ވިއުގަތައް ހިންގާ މީހުން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

“މީގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރީގެ ފިލައިގެން އެކި ނަންނަމުގައި ފިލާތިބެގެން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ މީހުންނަށް މިކަން ދެނެއް ނުކުރެވޭނެ ރާއްޖެއަކު. އެހެންވީމާ އެމީހުން ފަހާ އަޅުގަނޑުމެން ދުވާނީ. އެ މީހުން ހުއްޓުވާނީވެސް” މިނިސްޓަރު ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

445gf

ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ހުނަރު ނެތްނަމަ ނާކާމިޔާބުވާނެ: އިޙްސާން

Io

އައްސޭރި ޖަލުގެ އާ އޮފީސް އިމާރާތް ހުޅުވައިފި

Io

ގައިދީންނަށް އަމިއްލަ ކުންފުނި ހިންގޭ ފެންވަރުގެ ތަމްރީނު ދިނުމަކީ މުހިންމު ކަމެއް: އިހްސާން 

Igmh

މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ފުލުހުންގެ މަސައްކަތް އިތުރަށް ފުޅާކުރަނީ