ސްޓެލްކޯއިން އޭޕްރީލް މަހުގެ ކަރަންޓު ބިލަށް ވެސް ޑިސްކައުންޓު ދީފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ މިއަހަރުގެ މާޗް މަހުގެ (ރަމަޟާން މަހުގެ) ކަރަންޓު ބިލަށް ޑިސްކައުންޓު ދީފައިވާ ފަދައިން އެޕްރީލް މަހުގެ ކަރަންޓު ބިލަށް ވެސް ޑިސްކައުންޓު ދީފައިވާ ކަމަށެވެ.

މާޗް މަހުގެ ދުވަސްތައް ނިމުމަށްފަހު، އޭޕްރީލް މަހުގެ ބިލްތަކުންވެސް މިއަހަރު ޑިސްކައުންޓެއް ދެވިފައިވަނީ، އޭޕްރީލް މަހަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ވަރަށް ބޮޑުވާ މަހަކަށްވާތީ، ރައްޔިތުންނަށް އިތުރު ލުޔެއް އޭޕްރީލް މަހުވެސް ދިނުމަށް ކަމަށް ސްޓެލްކޯއިން

އިޝްތިހާރު އިޝްތިހާރު

ސްޓެލްކޯއިން ބުނީ އޭޕްރީލް މަހުގެ ކަރަންޓު ބިލު އެ ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިން އިރު، އެ ބިލުގައިވާ "ކަރަންޓު ބޭނުންކުރެވުނު ވަރު" އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލުތަކުގައި ބިލު އަމައުންޓު (ފައިސާގެ އަދަދު) މާޗް މަހުގެ ބިލާ ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ އެ ލުއި ދިނުމުން ކަމަށެވެ.