ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެރިކަލްޗާ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބުމުގެ ފުރުސަތު އެބައޮތް: ޝިޔާމް

ޮ
STO_Ads
TTH_Ads
Advertisement

މެރިކަލްޗަރ ދާއިރާގައި މެރިކަލްޗަރ ދާއިރާއިން ބޮޑު އާމްދަނީއެއް ލިބޭނެ ފުރުޞަތު އެބައޮތްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ،ރޭ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

މެރިކަލްޗަރ ސިނާޢަތަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް މިހާރުވެސް 4 ސަރަޙައްދެއް ކަނޑައަޅުއްވާފައިވާކަމަށެވެ. އެ 4 ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މިކަމަށް ވަނީ ކަނޑައަޅާފައެވެ.

HajjCop_ads
MMA_Ads
Advertisement

މެރިކަލްޗަރ ކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައެޅިފައިވާއިރު މި ސަރަހައްދުތަކުގައި މެރިކަލްޗަރ ކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ލޭންޑް އެކުއިޒިޝަނަށް ފައިސާގެ އިތުރުން، ފުރަތަމަ 3 އަހަރުގެ ބިމު ކުލިވެސް ނުނަގާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު މި މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ރާއްޖެ އެތެރެކުރުމަށް ޑިއުޓީ މާފުވެގެންދާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކުރަމުންދާއިރު، މި މަސައްކަތުގެ ނަފާ އެންމެ އެދެވޭ ގޮތެއްގައި ލިބިގެންދާނީ މި މަސައްކަތް ކުރާނެ ޤާބިލް ދިވެހި ދަރީންތަކެއް ތަމްރީނުކޮށްގެންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sstv FORM FOR EC

ދުނިޔޭގެ އިޤުތިޞާދީ ނާޒުކު ދަނޑިވަޅުގައި ކަނޑުގެ ނަފާ ހޯދުމަށް އީޖާދީ ވިސްނުންތަކެއް ގެންގުޅުމަށް ވަޒީރު ގޮވާލައްވައިފި

Io

މިފްކޯ އަމިއްލަ ފައިމައްޗަށް ތެދުވެ، ސަރުކާރުގެ ސަބްސިޑީއާ ނުލައި ހިންގޭ ހާލަތަކަށް އަތުވެއްޖެ

Ahmed Shiyam

ވަޒީރުންނަށް ރުހުން ދެއްވައި އެމްޑީޕީ މަޖިލިސް މެންބަރުން ވިދާޅުވީ ސަރުކާރު ބަރާބަރޭ: ޝިޔާމް

Shiyam

ޚާއްޞަ އަގުގައި މިހާރު 9 ސަރަޙައްދަކުން މަސްވެރިންނަށް ތެޔޮލިބޭނެ: ޝިޔާމް