ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯގެ “މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް” އާ ގުޅޭ މަޢުލޫމާތު ދިނުމަށް ސެޝަންތަކެއް ބާއްވަނީ

TTH_Ads
STO_Ads
Maldivian_Ads
Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުވާލާފައިވާ “މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް” އަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ޚާއްޞަ ސެޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން، ވޯކް-އިން އިންފޮމޭޝަން ސެޝަނެއް އަދި އޮންލައިން ސެޝަނެއް ބޭއްވުމަށް ވަނީ ރާވާފައެވެ.

ސްޓެލްކޯގެ ޓްރެއިނިންގ ރޫމްގައި (ފަސްވަނަ ފަންގިފިލާ) 2025 އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ވޯކް-އިން އިންފޮމޭޝަން ސެޝަން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި ސްކޮލާޝިޕްތަކާ ގުޅޭ ހުރިހާ މަޢުލޫމާތެއް ދެވޭނެ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން، އެ ދުވަހުގެ މެންދުރުފަހު 13:00 އިން 14:00 އަށް އޮންލައިން އިންފޮމޭޝަން ސެޝަނެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމުން، މީޓިންގ ލިންކު ހިއްސާކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

HajjCop_ads
Advertisement

ސްޓެލްކޯގެ “މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕް” އަކީ އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި ސްކޮލާޝިޕްގެ އިތުރު މަޢުލޫމާތު https://stelco.com.mv/scholarships އިން ލިބެން ހުންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން މިފަދަ ސްކޮލާޝިޕް ފުރުޞަތުތައް ހުޅުވާލުމަކީ، ޤައުމުގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ސްކޮލާޝިޕް ފުރުޞަތުތަކުގެ ސަބަބުން، ގިނަ ދިވެހި ދަރިވަރުންނަށް އިންޖިނިއަރިންގ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

WhatsApp Image 2026 09 02 at 17.25.01

ދުވަސްވީ މުވައްޒަފުން ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި: ޑރ. އަޒްވަރު

stelco MD

އިންޖިނިއަރިން ދާއިރާއިން ކުރިއަށްދިއުމަށް ސްޓެލްކޯގައި އަބަދުވެސް ފުރުޞަތު އޮންނާނެ: ޑރ. އަޒުވަރު

stelco MD

އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް ސްޓެލްކޯގެ ދޮރުތައް ވަނީ ހުޅުވިފައި: ޑރ. އަޒްވަރު