އެއާޕޯޓްތައް ބަލަހައްޓަމުން އަންނަ ސަރުކާރުގެ މައި ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް މި އަހަރުގެ އަހަރީ ބޯނަސް ދިނުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.
މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި އެގޮތަށް ނިންމި ނަމަވެސް، މުވައްޒަފުންނަށް ލިބޭނެ ބޯނަސްގެ ސީދާ އަދަދެއް އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ހާމަކުރައްވާފައެއް ނުވެ އެވެ.
ބޯނަސްގެ ފައިސާގެ މިންވަރާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން އޮފިޝަލް ވިދާޅުވީ "ރަނގަޅު ވާނެ" ކަމަށެވެ.
އޮފިޝަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 5،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ މި ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވެސް އަހަރީ ބޯނަސް ދިނުމަށް ޑިރެކްޓަރުންގެ ބޯޑުން މީގެ ކުރިން އޮތީ ފާސްކޮށްފަ އެވެ. އަދި އޭޖީއެމްގައި ނިންމީ އެ ނިންމުމަށް ތާއީދުކޮށް އެކަން ފާސްކުރުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.