މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީން 356 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި، އޭގެ ތެރެއިން 93 މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު މި ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްޓީސީސީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ކުންފުނިން މިހާރު ވެސް ރާއްޖޭގެ 149 ރަށެއްގައި ތަރައްގީގެ އެކި މަޝްރޫއުތަކުގެ މަސައްކަތް އަންނަނީ ހިންގަމުންނެވެ. އެ މުއްދަތުގައި ފެށި 356 މަޝްރޫއުގެ ތެރެއިން 93 މަޝްރޫއެއް ވަނީ މުޅިން އެއްކޮށް ނިންމައި ސަރުކާރާ ހަވާލުކޮށްފައެވެ.

ނިމުނު މަޝްރޫއުތަކުގެ ތެރޭގައި އެންމެ ގިނައީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކެވެ. އެގޮތުން އެ ބާވަތުގެ 19 ޕްރޮޖެކްޓެއް ނިންމާފައިވާއިރު، ބަނދަރު ހެދުމުގެ 14 ޕްރޮޖެކްޓަކާއި، ފުޓުބޯޅަ ދަނޑު އެޅުމުގެ ހަތް ޕްރޮޖެކްޓެއްގެ އިތުރުން ޕޮލިސް ޕޯސްޓް ހެދުމުގެ ހަ ޕްރޮޖެކްޓެއް އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި އައުޓްޑޯ ޖިމް ހެދުމުގެ ޕްރޮޖެކްޓެއް ވެސް އެ ކުންފުނިން ވަނީ ފުރިހަމަކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރުން ވަނީ އެކި ރަށްރަށުގެ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް ވެސް މި މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކޮށްފައެވެ.