އިސްރާއީލުން ވެރިވެގަނެގެން އުޅޭ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އައްރީޙާ (ޖެރިކޯ) ގެ ހުޅަނގު ފަރާތުގައި އޮންނަ އަވަށަކަށް، ހަރުކަށި ފިކުރުގެ ޔަހޫދީ ވަޒަންވެރިން ބަޑިން ހަމަލާދީ ފަލަސްޠީނުގެ އަންހެނަކު މަރާލައިފިއެވެ.
ފަލަސްޠީނުގެ ރަސްމީ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، މި ނުރައްކާތެރި ހަމަލާގައި ފަލަސްޠީނުގެ އިތުރު 10 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
އައްރީޙާގެ މައި ހޮސްޕިޓަލުގެ ކުއްލި ފަރުވާއާ ބެހޭ ޑިޕާޓްމަންޓުގެ ވެރިޔާ ޑރ. ޔަޙްޔާ މުފްރިޙް ވިދާޅުވީ، މި ހަމަލާގައި ޖާނުން ފިދާވެފައިވަނީ ބޮލަށް ވަޒަން އަރާފައިވާ ދުވަސްވީ އަންހެނެއް ކަމަށެވެ.
މި ހާދިސާގައި މަރުވި އަންހެން މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އިސްރާއީލުގެ ފަރާތުން ހިއްސާކޮށްފައެއް ނުވެއެވެ.
މި ހިނގާ ނޮވެމްބަރު މަސް ފެށުނީއްސުރެ، ޔަހޫދީ ވަޒަންވެރިން ދަނީ އައްރީޙާގައި ހުރި ފަލަސްޠީނު ރައްޔިތުންގެ ގެތަކަށް ގަދަކަމުން ވަދެ، އެތަންތަނުގެ އަސްލު ވެރިންނަށް ގޭގެއަށް ނުވަދެވޭ ގޮތަށް ހުރަސްއަޅަމުންނެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި އޮތް ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.