ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަތަންޔާހޫ އދ. ގައި ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ޑެލިގޭޝަން ހޯލުން ނުކުމެއްޖެ

TTH_Ads
Maldivian_Ads
STO_Ads
Advertisement

އދ ޢާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަޤުރީރު ކުރަން ފެށުމުން، އޭނާ އިސްވެ ހުރެ ހިންގާ ޖަރީމާތަކާއި ދެކޮޅު ހެދުމުގެ ގޮތުން އޭނާގެ ތަގުރީރު ބޮއިކޮޓްކޮށް ދިވެހި ޑެލިގޭޝަން ހިމެނޭހެން ގިނަ އަދަދެއްގެ ޤައުމުތަކުގެ މަންދޫބުން މާލަން ދޫކުރައްވައި ވަޑައިގަންނަވައިފި އެވެ.

އެގޮތުން އދ ޢާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރައްވަން ވަޑައިގެންނެވި ނާއިބު ރައީސް އަލްެއުސްތާޛު ހުސައިން މުޙައްމަދު ލަތީފާއި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ދިވެހި ޑެލިގޭޝަން ވަނީ ނަތަންޔާހޫގެ ތަޤުރީރު ބޮއިކޮޓްކޮށް މާލަމުން ނިކުމެވަޑައިގެންފަ އެވެ.

ނަތަންޔާހޫގެ ތަޤުރީރު ބޮއިކޮޓް ކުރި ޤައުމުތަކުގެ އަދަދު 70 ވުރެ ގިނަ އެވެ. އާންމު މަޖިލީހުގެ ހޯލު އެކަށްހެން ހުސްވުމުން ނަތަންޔާޙޫ ތަގުރީރު ފެށީ ރުޅިވެރިކަމާއެކު އެވެ. އަދި އޭނާ އިސްވެ އިޒްރޭލުން ހިންގާ ޖަރީމާތައް ދިފާޢު ކުރި އެވެ.

HajjCop_ads
Advertisement

މީގެ އިތުރުން ގަތަރާއި ތުރުކީއަށް ފާޑުކިޔާ އެއީ އިޒްރޭލާއި ދެކޮޅު ޤައުމުތަކެއް ކަމަށް ބުންޏެވެ. އަދި ނިއުޔޯކުގެ މޭޔަރު ޒޮހްރާން މަމްދާނީ، އިންސާފަށް ވާހަކަ ދައްކަވާތީ ރުޅިވެރިކަމާއެކު ރައްދު ދިނެވެ.

މަމްދާނީ ވަނީ ނަތަންޔާހޫ އަކީ ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ މުޖުރިމެއް ކަމުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން އޭނާ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒު ކުރަން ޖެހޭ ކަމުގައި ވިދާޅުވެފަ އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

ރާއްޖެއަށް ޖެއްސީ ހަނގުރާމަޔާ ގުޅޭ ބޯޓެއް ނޫން: ރައީސް

kulli khabaru

އިޒްރޭލުން އީރާނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފި

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ “ސްޕީކާ އޮފް ދަ ކްނެސެޓް މެޑަލް” މޯދީއަށް

އދގެ އާންމު މަޖިލީހުގައި ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ދިވެހި ވަފްދު މަޖިލިސް ދޫކޮށް ނިކުމެއްޖެ