ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގައި ހުންނަ އިސްރާއީލު އެމްބަސީގެ ދެ މުވައްޒަފެއްގެ ގަޔަށް ބަޑިޖަހައި މަރާލުމުން ނަތަންޔާހޫ ރުޅިގަދަވެއްޖެ

STO_Ads
TTH_Ads
Maldivian_Ads
Advertisement

އެމެރިކާގެ ވޮޝިންޓަންގައި ބަޑީގެ ހަމަލާތަކެއްދީ އިސްރާއީލު ދެމީހުން މަރާލުމުން “ސިހުން” ލިބިފައިވާ ކަމަށް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ ބުނީ، މިއީ އިސްރާއީލާމެދު ދުނިޔޭގައި ފަތުރަމުންދާ “ނަފްރަތުގެ” ނަތީޖާ ކަމަށެވެ.

ބަޑީގެ ހަމަލާ ދީފައިވަނީ ވޮޝިންޓަންގައި ހުންނަ ކެޕިޓަލް ޖޫއިޝް މިއުޒިއަމްގެ ބޭރުގައެވެ. ބަޑީގެ ހަމަލާގައި މަރުވެފައިވަނީ އެމެރިކާގައި ހުންނަ އިސްރާއީލު އެމްބަސީގެ ދެ މުވައްޒަފުންނެވެ.

HajjCop_ads
Advertisement

މިއުޒިއަމްގެ ބޭރުގައި ބަޑީގެ ހަމަލާ ދީފައިވަނީ އެމެރިކާގެ ޗިކާގޯއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ މީހެކެވެ. ފުލުހުން މިހާރުވަނީ ހަމަލާދިނުމާއެކު ވަގުތުން އޭނާ ހައްޔަރު ކޮށްފައެވެ. އޭނާގެ ނަމެއް ކަމަށް ބުނެފައިވަނީ އެލައިސް ރޮޑްރިގުއާޒްއެވެ.

އޭނާއަކީ ކުރިން ކުށުގެ އެއްވެސް ރެކޯޑެއްއޮތް މީހެއް ނޫންކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެލައިސް ރޮޑްރިގުއާޒް، ބަޑީގެ ހަމަލާދިން ސަބަބެއް އަދި ވަނީ ނޭނގިފައެވެ. ނަމަވެސް، ބަޑީގެ ހަމަލާއަށްފަހު އޭނާ ހައްޔަރުކޮށްގެން ގެންދިޔަވަގުތު “ފަލަސްތީނުގެ މިނިވަންކަމަށް” ގޮވަމުންދިޔަ ކަމަށް، މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ބަޑީގެ ހަމަލާ ކުށްވެރި ކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ،، ޔަހޫދީންނާމެދު ނަފްރަތު އުފެއްދުމަށް ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.

ހަމަ އެއާއެކު، ނަފްރަތާއި ހަރުކަށި ފިކުރަށް އެމެރިކާގައި އެއްވެސް ޖާގައެއް ނުދެއްވާނޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އިސްރާއީލުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރު ބުނެފައިވަނީ ” އެމެރިކާގެ ޔަހޫދީ އާބާދީއަށް ގެއްލުން ދިނުމަކީ ރަތް ރޮނގު ހުރަސްކުރުން” ކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވަދެ 20 މީހަކު ހައްޔަރުކޮށްފި

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި