ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަތަންޔާހޫ ހައްޔަރުކުރަން ނެރެފައިވާ އަމުރު ބާތިލްކޮށްދޭން އިސްރާއީލުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި އެދިއްޖެ

STO_Ads
TTH_Ads
Advertisement

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކޮށް ކޯޓާ ހަވާލުކުރަން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު، އައިސީސީން ނެރެފައިވާ އަމުރު ބާތިލް ކުރުމަށް، އިސްރާއީލުން ރަސްމީގޮތުން އައިސީސީގައި މައްސަލަ އިސްތިއުނާފް ކޮށްފިއެވެ.

ބެންޖަމިން ނަތަންޔާހޫގެ އިތުރުން، ނަތަންޔާހޫގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޮއާވް ގަލަންޓް ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުވެސް ބާތިލްކޮށްދިނުމަށް އިސްތިއުނާފް މައްސަލާގައި އެދިފައި ވެއެވެ.

އިސްރާއީލަކީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު މުއާހަދާގައި ސޮއިކޮށްފައިވާ އަދި އެ ކޯޓު ގަބޫލުކުރާ ބައެއް ނޫނެވެ.

HajjCop_ads
Advertisement

އިސްރާއީލުން ބުނަމުން ގޮސްފައިވަނީ، ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުމާ ގުޅޭ މައްސަލަ ބެލުމަކީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

އިސްރާއީލުގެ ސުޕްރީމް ކޯޓުންވެސް ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ، ޣައްޒާ ހަނގުރާމައާ ގުޅޭ އެއްވެސް މައްސަލައެއް ބެލުމުގެ ހައްގު، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށްވެސް އަދި އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށްވެސް ލިބިގެން ނުވާ ކަމަށެވެ.

ނަތަންޔާހޫއާއި، ގަލަންޓް ހައްޔަރުކޮށް ކޯޓާ ހަވާލުކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލްކުރަން އިސްރާއީލުން ރަސްމީގޮތުން އައިސީސީއަށް އިސްތިއުނާފްގެ މައްސަލަ މި ހުށަހެޅީވެސް، ޣައްޒާ ހަނގުރާމައާ ގުޅޭ މައްސަލަ ބެލުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންނުވާކަމަށް ގޮންޖަހަމުންނެވެ.

އިސްރާއީލުން އައިސީސީއަށް އިސްތިއުނާފް މައްސަލަ ހުށަހަޅާފައިވަނީ މެއިމަހުގެ 9 ވަނަ ދުވަހުއެވެ. މައްސަލާގައި ސޮއިކޮށްފައިވަނީ އިސްރާއީލުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލް ގިލާޑް ނޮއަމްއެވެ.

ނަތަންޔާހޫއާއި، ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ބާތިލްކޮށްދިނުމުގެ އިތުރުން، ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން އެ ކޯޓުން ކުރިއަށްގެންދާ ހުރިހާ ތަހްގީގުތަކެއް ހުއްޓާލުމަށްވެސް އިސްރާއީލުން ހުށަހަޅާފައި ވެއެވެ.

ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން، ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގުމުގެ ކުށުގެ ތުހުމަތުގައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނަތަންޔާހޫއާއި ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ މިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ، އެމެރިކާއިންވަނީ ދެފަހަރަށް ނަތަންޔާހޫ އެމެރިކާއަށް ގެންގޮސްފައެވެ. އަދި ހަންގޭރީންވެސް ވަނީ ނަތަންޔާހޫއަށް ދައުވަތު ދީގެން އެގައުމަށް ގެންގޮސްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

ރޭގައި އެކަނިވެސް ޣައްޒާއިން 6 މީހުން ޝަހީދުކޮށްލައިފި، ޣައްޒާގައި ޖަރީމާތަކެއް ހިންގާކަމަށް ހުޅަނގު ގަބޫލެއް ނުކުރޭ