ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިސީސީން ހައްޔަރުކުރުމުގެ އަމުރު ނެރެންއުޅޭތީ ބިރުގެންފި، އަންގަނީ ފަލަސްތީނު ސަރުކާރު ރޫޅާލާނޭ ކަމަށް

އިސްތިއުމާރީ ދައުލަތުގެ ފައިނޭންސް މިނިސްޓަރ ބެޒަލެލް ސްމޮރިޗް
STO_Ads
TTH_Ads
Advertisement

ހަނގުރާމައިގެ ޖަރީމާތަކާއި، ނަސްލުނައްތާލުމުގެ ޖަރީމާތައް ހިންގުމުގެ ކުށުގެ ޝަރީއަތަށް، އިސްތިއުމާރީ ދައުލަތުގެ ފައިނޭންސް މިނިސްޓަރ ބެޒަލެލް ސްމޮރިޗް ހައްޔަރުކުރުމުގެ އަމުރު ނެރެން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި އެޕްލިކޭޝަން ފައިލް ކުރުމާއެކު، ސްމޮރިޗް ބިރުގަނެ، އަސަރުކޮށް ފަލަސްތީނު ސަރުކާރަށާއި، ދުނިޔެއަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

ސްމޮރިޗް ބުނީ، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އޭނާ ހައްޔަރު ކުރުމުގެ އަމުރު ނެރުމަކީ އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ކަމަށާއި، ހަނގުރާމައާ އިސްރާއީލު ކުރިމަތިލާނީ ހަނގުރާމައިން ކަމަށެވެ.

ސްމޮރިޗް ބުނީ، އައިސީސީން އޭނާ ހައްޔަރުކުރުމުގެ އަމުރު ނެރެން މަސައްކަތް ކުރުމުގެ އަޑީގައި އޮތީ ފަލަސްތީނު ސަރުކާރު ކަމަށެވެ. އެހެންކަމުން، ފަލަސްތީނު މުޅި ސަރުކާރު ރޫޅާލާނޭ ކަމަށާއި، އެކައްޗެއްވެސް ސަލާމަތްވިޔަ ނުދޭނޭ ކަމަށް އޭނާ ވަނީ އިންޒާރު ކޮށްފައެވެ.

HajjCop_ads
Advertisement

ފައިނޭންސް މިނިސްޓަރުގެ އިތުރުން، އިސްތިއުމާރީ ދައުލަތުގެ ޑިފެންސް މިނިސްޓަރު ޔިސްރައިލް ކާޒް ހައްޔަރު ކުރުމުގެ އަމުރު ނެރުމަށްވެސް އައިސީސީން ދަނީ ތައްޔާރުވަމުންނެވެ.

ފައިނޭންސް މިނިސްޓަރު ސްމޮރިޗާއި، ޑިފެންސް މިނިސްޓަރު ކާޒާއި، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ އިޓަމަރ ބެންގްވީރުގެ އިތުރުން، ޓެރަރިސްޓު އަސްކަރިއްޔާގެ އިސް ދެ ޖެނެރަލުންނާއެކު ޖުމްލަ 5 މީހުން ހައްޔަރުކުރުމުގެ އަމުރު ނެރުމަށް އައިސީސީން ތައްޔާރުވަމުންދާ ކަމަށް އިސްރާއީލުގެ ނޫސްތަކުން ކުރިން ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް، އައިސީސީން ބުނެފައިވަނީ އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

ސްމޮރިޗް ހައްޔަރު ކުރަން އަމުރު ނެރުމަށް އެކަމުގެ އެޕްލިކޭޝަން މިހާރު ކޯޓަށް ހުށަހަޅާފައި ވާއިރު، ކާޒްގެ އެޕްލިކޭޝަން ރިވިއުކުރަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޣައްޒާގައި ނަސްލުނައްތާލުމުގެ ޖަރީމާތައް ހިންގައިގެން ޝަރީއަތް ކުރުމަށްޓަކައި ކޯޓަށް ހާޟިރުކުރަން އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫއާއި، އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރ ޔޮއާވް ގަލަންޓް ހައްޔަރު ކުރުމަށް އައިސީސީން ކުރިންވަނީ އަމުރު ނެރެފައެވެ.

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ނެރުނު ފަހުން ނަތަންޔާހޫ އެތައް ފަހަރަކު އެމެރިކާއަށް ގޮސްފައިވާއިރު، ހަންގޭރީއަށްވެސް ގޮސްފައި ވެއެވެ. ނަތަންޔާހޫއަށް ހިމާޔަތްދެނީ އެމެރިކާއިންނެވެ.

އިސްތިއުމާރީ ދައުލަތުގެ ފައިނޭންސް މިނިސްޓަރު ސްމޮރިޗް ބުނީ، އައިސީސީން އޭނާ ހައްޔަރުކުރަން އަމުރު ނެރުނަސް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނޭ ކަމަށެވެ.

ބެން ގްވީރް ބުނެފައިވަނީ، އައިސީސް އަމުރު ނެރުނަސް ފަލަސްތީނު މީހުންނާ ދެކޮޅަށް އޭނާ ހިންގަމުންގެންދާ ޖަރީމާތައް ހުއްޓާނުލާނޭ ކަމަށާއި، އޭނާ ނުވެސް ހުއްޓުވޭނޭ ކަމަށެވެ. އޭނާ ބޭނުންވާ ކަމެއް ބޭނުންވާ ގޮތަކަށް ކުރާނޭ ކަމަށްވެސް ބުނެ ބޮޑާ ވާހަކަތައް ދައްކައި އައިސީސީއަށް އިންޒާރުތައް ދީފައި ވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނަށް އަލުން ހަމަލާދޭން ފަށަން އެމެރިކާއާއި އިސްރާއީލު ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކެއް ފެތުރެނީ

ޣައްޒާގެ ހިސާރު ފޫއަޅުވާލަން 54 ބޯޓު ހިމެނޭ ސުމުދް ފްލޮޓިލާގެ ގާފިލާ ތުރުކީން ފުރައިފި

ލުބުނާނުގެ އެކި ރަށްތަކަށް ބޮންއަޅައި މިއަދު އެކަނިވެސް ދެ ކުޑަކުދިން ހިމެނޭހެން 9 މީހުން މަރާލައިފި

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި