ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްޞަ އިޙްތިފާލެއް ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.
މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އަށެއް ޖަހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ހަފްލާގައި، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހިންގި މުހިންމު މަޝްރޫޢުތަކާއި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ކުރިމަގުގައި ސަރުކާރުން ގެންގުޅޭ ތަޞައްވުރާއި ރޭވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ޙިއްޞާކުރައްވާނެއެވެ.
މި ޖަލްސާގައި ވީހާވެސް ގިނަ ޢާންމު ރައްޔިތުން ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
PNC Secretariat@pnc_secretariatސަރުކާރަށް 3 އަހަރު ފުރުން ފާހަގަ ކުރުން.
ތާރީޚް: 17 ނޮވެމްބަރ 2026
ގަޑި: 20:00
ތަން: ހުޅުމާލެ ސެންޓްރަލް ޕާކް
#Hafthaa156
#DhiveheengeRaajje
#CongressPartyMV
ވެރިކަމުގެ ދެވަނަ އަހަރު ފުރުން ފާހަގަކުރުމަށްޓަކައި މިދިޔަ އަހަރުގެ ޖަލްސާ ކުރިއަށްގެންދިޔައީ ސޯޝަލް ސެންޓަރުގައެވެ. ސަރުކާރުން އަބަދުވެސް އަންނަނީ އަހަރުން އަހަރަށް ކަނޑައަޅާ ލަނޑުދަނޑިތަކުން ޙާޞިލުކުރެވުނު ކަންކަމާއި، ކުރިއަށް ކުރަން ހުރި މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދެމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.