ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް މިވަގުތު ނެތް: ރައީސް

Raees Muizzu
TTH_Ads
STO_Ads
Advertisement

ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައި ޕާޓީ ޕީއެންސީން މިރޭ ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އިސްކުރަނީ ގައުމުކަމަށާއި ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ކޮންމެ ކަމަކީ މި ސަރުކާރުގެ ސިޔާސަތުކަމަށެވެ. އެއްވެސް ވަރަކަށް ގައުމު ނޫން ވިސްނުމެއް މި ސަރުކާރުގެ ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ޕޮލިސީތަކަކަށް އަދި މި ސަރުކާރުން ކުރާ މަސައްކަތްތަކަކަށް އިދިކޮޅު ފަރާތްތަކުން ދޭނެ ޖަވާބެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކަންކަން ކޮށްދެމުންދާގޮތާއި ބެހޭގޮތުން އަދި ނަތީޖާ ނެރެދެމުންދާ ގޮތާއި ބެހޭގޮތުން މިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެކަމަށް ބުނެވޭނެ އެއްވެސް އެއްޗެއް އިދިކޮޅު ފަރާތްތަކަށް ނެތްކަމަށް ރައީސް ވިދާޅުވިއެވެ. ޑިމޮކްރަސީގެ ވާހަކަދައްކާއިރުގައި މިވަގުތު މަދުވާ ކަމަކީ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެކަކު އަނެކަކަށް އިހްލާސްތެރިކަމެއް ނެތް. ރަހުމަތްތެރިކަމެއް ނެތް. ގައުމު އިސްކުރުމެއް އަދި އަމުދުން ނެތް. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަށް ޒިންމާދާރު އޮޕަޒިޝަންއަކުން ކަންކަން ކުރަންޖެހޭ ގޮތައް ކުރުމުގެ ވައްޓަފާޅިއެއްވެސް ނެތް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ އޮތީ އަމިއްލަ އެދުންކަމަށެވެ. އެގޮތުން ރައީސް ވަނީ ކޯވިޑް19 ގެ ވަބާގައި އިދިކޮޅު ފަރާތްތަކުން ހިންގި ވެންޓިލޭޓަރުގެ ވައްކަން ފާހަގަކުރައްވާފައެވެ. މިއީ ރައްޔިތުންގެ ފައިސާއިން ވީ ބޮޑު ހިޔާނާތެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ވެންޓިލޭޓަރު ވައްކަމުގެ މައްސަލަ ކަމާބެހޭ މުވައްސަސާތަކުން ބަލައި އެކަމުގައި ހިމެނޭ ފަރާތްތަކަށް އަދަބުދޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވަނީ އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލަވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހި ރައްޔިތުންނަށް ވެފައިވާ މިފަދަ ހިޔާނާތްތައް ބަލައި އެ ފަރާތްތަކަށް އަދަބު ލިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސަޢޫދީ ޢަރަބިއްޔާގެ ވަފުދު، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

Io

ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގައި 131 ރަށު ދާއިރާގައި ވޯޓުލާނެ

އަލަށް 11 ރަށެއްގައި ޑައިލަސިސް ހިދުމަތް ފަށައިފި