ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް

muiz
STO_Ads
TTH_Ads
Maldivian_Ads
Advertisement

ކޮންގްރެސް ޕާޓީއަކީ އަކީ “ފުރަތަމަ ޤައުމު” އިސްކުރުމުގެ ސިޔާސަތު ގެންގުޅޭ ބިނާކުރަނިވި ފިކުރު ކަމަށާ ނަމަވެސް ދެން ހުރި ޕާޓީތަކުގެ އޮތީ ފަނާކުރަނިވި ފިކުރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކީ ވެސް ޤައުމުގައި ހިނގާ ކަންކަމާމެދު އަމިއްލަ ސިކުނޑިން ވިސްނާ ރައްޔިތަކަށް ވާންޖެހޭ ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ކަންކަން ހިނގާފައިވާ ގޮތާއި އަދި މިހާރުވެސް ކަންކަން ހިނގަމުންދާ ގޮތާއިމެދު ރަނގަޅަށް ވިސްނާލުމުން ފަނާކުރަނިވި ފިކުރާއި ބިނާކުރަނިވި ފިކުރުގެ ތަފާތު ވިސްނޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް އެންމެ ރަނގަޅު ގޮތަކީ ޤައުމަށް ފައިދާވުން ކަމަށެވެ. އެ ވިސްނުމުގައި މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމުގައި ވިދާޅުވި އެވެ.

HajjCop_ads
Advertisement

“އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،”

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ދިވެހީންގެ ތެރޭގައި އޮތް ރީތި އާދަތައް އަލުން އިއާދަކުރުން ކަމަށެވެ. ޚާއްސަކޮށް ދިވެހީންގެ ތެރޭގައި އޮތް އިހްތިރާމް ކުރުމުގެ ރީތި އަދި މާތް ސިފަ އަލުން އިއާދަކުުރުމަކީ އެންމެ ބޮޑު އަމާޒު ކަމުގައި ވިދާޅުވި އެވެ.

ދިވެހީންގެ ހަލާކުކޮށްލާފައި އޮތް އިޖްތިމާއީ އާދަކާދަތައް އަލުން ދިރުވާ އާލާކުރުމަށް މަސައްކަތް ކުރާއިރު އެކަމަށް ޕީއެންސީ ނޫން އެހެން އެއްވެސް ޕާޓީއަކުން އެއްބާރުލުން ދެމުން ނުގެންދާ ކަމަށް ވިދާޅުވި އެވެ. އެވަރުގެ ބަޔަކީ ދިވެހީންނަށް ހެޔޮ އެދޭ ބައެކޭ ބުނެވޭނީ ކިހިނަކުންތޯ ރައީސް ސުވާލު ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޤައުމަށް ފައިދާހުރި ކަންކަން ކޮށްގެން “ސިޔާސީ ގޮތުން ތާޢީދު ގެއްލުމަކީ ފަރުވާލެއް އޮތް ކަމެއް ނޫން” ކަމަށެވެ.

“އަޅުގަނޑުމެން ބޭނުންވަނީ ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރަން،” ރައީސް ތަކުރާރު ކުރައްވާ ވިދާޅުވި އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Garden

ކާބޯތަކެތީގެ މުހިންމު ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

raees Muiz

ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް: ރައީސް

Muiz

ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުން ބޭރުގެ ބަޔަކާ ޙަވާލުނުކުރުމަކީ އެންމެ މުހިންމު ސިޔާސަތު

wathanee khidumah

ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ރައީސް ކާމިޔާބަށް އެދިވަޑައިގެންފި