ރާްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، ޕީއެންސީން އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަޙަތުކަމަށް އެޕާޓިގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ކޮންގްރެސްކަމަށްވާ، ޕީއެންސީގެ މަތީ މަޖިލިސް ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ޕާޓީގެ މަތީ މަޖިލީހަކީ ޕާޓީގެ ކުރިމަގު ބައްޓަން ކުރުމަށާއި، ޤައުމުގެ ތަރައްޤީގެ ކަންކަމުގައި ޕާޓީގެ ދައުރު ފުޅާކޮށް އިތުރުކުރުމަށް މުހިންމު ދައުރެއް އަދާކުރާ މަންސައެއްކަމަށެވެ.  ޕާޓީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ މަންދޫބުން އެއް ރޫހެއްގައި މިމަގަށް މަސައްކަތް ކުރައްވާނެ ޔަޤީން ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

DSC

އިޝްތިހާރު އިޝްތިހާރު

ރައީސްގެ ވާހަކަފުޅުގައި ޕާޓީ ވެރިކަމަށް އައުމުގެ މަސައްކަތް 2023ގައި ކުރަން ފެށިއިރުން ފެށިގެން މިހާތަަނަށް ބޮޑު ކުރިއެރުމެއް ހޯދިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ހުރިހާ މެންބަރުންގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ޕާޓީއަކީ މިހާރު ވަރަށް ބޮޑު ޕާޓީއެއް. އަޅުގަނޑު ހަނދާނަށް އާދޭ 2023 ގައި މެންބަރޝިޕް އޮތީ 3000 ގައި. މިއަދު ގާތްގަނޑަކަށް 80،000 ހަމައަށް މިވަނީ މަތިވެފައި. އެއީ ތިބޭފުޅުންގެ މަސައްކަތްޕުޅު. އެއީ ޕާޓީގެ ހުރިހާ މެންބަރުންގެ މަސައްކަތްޕުޅު. ހުރިހާ މެންބަރުންގެ ފަރާތުން ތިބޭފުޅުން ތިތިއްބެވީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

DSC

ރައީސް ވަނީ ޕާޓީގެ މައިގަނޑު ސިޔާސަތަކީ އަދި ޝިއާރަކީ ހަމަޖެހުމާއި ތަރައްޤީ އަދި ރައްކާތެރިކަން ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކަރުގެ ސިޔާސަތުތަކާއި ވެރިކަމަށް އައުމަށް ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯއާއި އެހެނިހެން ހުރިހާ ކަމެއްވެސް ގުޅެނީ މިކަންކަމާއި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވއިެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައި ދިނުމުގައި މުޅި ޕާޓީގެ މިފަލްސަފާ ކިޔައިދިނުމަށް ގޮވާލައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ވަނީ ޕީއެންސީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއް ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން ޤައުމީ މަސްލަހަތު ޕާޓީގެ މެންބަރުން އިސްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ސަރުކާރުގެ ސިޔާސަތުތަކުންވެސް ފެނިގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަނދާން ބަހައްޓަންޖެހޭނެ ހަޤީޤަތް ސިޔާސީ މައިދާނުގައި ކަން ހިނގަމުންދާ ގޮތް. ވަރަށް ވެސް ޒިންމާދާރުކަން ކުޑަގޮތެއްގައި، އެއްވެސް ކަހަލަ އިމެއް ނެތް ގޮތުގައި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޤައުމުގެ ކަންކަމުގައި ޒިންމާދާރުކަން ކުޑަކޮށް ކަންތައް ކުރާތަން ފެނޭ. އެކަހަލަ އެއްވެސް ކަމަކަށް. އަޅުގަނޑުމެންގެ މި ބަދަހި ލަޝްކަރުގެ ތެރެއަށް ފުރުސަތު ދީގެން ނުވާނެ. އަޅުގަނޑުމެންގެ އޮތީ ވަރަށް ސާފު އެޖެންޑާއެއް އެންމެ ފުރަތަމަ ޤައުމު.

ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

DSC

ރައީސްގެ ވާހަކަފުޅުގައި ޕާޓީގެ ސިޔާސަތަކީ ވަރަށް ސާފު ސިޔާސަތެއްކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކޮށް ޕީއެންސީގެ ޝީޢާރާއި އެއްގޮތަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެއީ ޕީއެންސީގެ ފިކުރު ކަމަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1300އަށްވުރެ ގިނަ މަންދޫބުންނާއެކު ފެށި މި ކޮންގްރެސް މިމަހުގެ 18އާއި ހަމައަށް ކުރިއަށްދާނެއެވެ.