ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން މާދަމާ ފަށާ ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ ކޮންގްރެސްއަށް ވާނެކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް އޮންނާނީ މާދަމާއިން ފެށިގެން މިމަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.

ކޮންގްރެސްގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އާރުޕީގެ ދެ ކޮންގްރެސް އާއި ޕީޕީއެމްގެ ދެ ކޮންގްރެސް އަދި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގެ ކޮންގްރެސްއެއްގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވިކަމަށެވެ. ނަމަވެސް އެއިން ކޮންމެ ކޮންގްރެސްއަކަށް ވަޑައިގަންނަވާ ބޭފުޅުންނާ، ޕާޓީގެ ރައީސް ބައްދަލު ނުކުރައްވާކަމަށެވެ. ނަމަވެސް އަދުގެ ރައީސް ވަނީ ސްޓިއަރިން ކޮމެޓީގެ ރައީސުންނާ ބައްދަލުކުރައްވައިފައިކަމަށާއި، މިހާރު ކުރިއަށް ދަނީ އަންހެނުންގެ ކޮމެޓީގެ ރައީސުންގެ ބައްދަލު ކުރެއްވުން ކަމަށް އަދުރޭ ވިދާޅުވިއެވެ. އޭގެ ފަހުން ޒުވާނުންގެ ގޮފިތަކުގެ ރައީސުންނާ ވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން ކައުންސިލުގެ ރައީސުންނާއި، އެކި ދާއިރާތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާވެސް ބައްދަލުކުރައްވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

މި ކޮންގްރެސްއަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނާ ރައީސް ބައްދަލުކުރައްވާނެއޭ ކޮންގްރެސް ފެށުމުގެ ކުރިން.

ޕީއެންސީގެ ޗެއަރޕާސަން ވިދާޅުވިއެވެ.

ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ތައާރަފުވި ފަހުން މިހާތަނަށް މިކަހަލަ މަތީ މަޖިލީހެއް ބޭއްވިފައި ނެތްކަމަށްވިދާލުވެ އަދުރޭ ވަނީ ނީ އެހެން ޕާޓީތަކުން ވަޑައިގެން މި ކޮންގްރެސް ބައްލަވާލެއްވުމަށް ދަޢުވަތު ދެއްވާފައެވެ. އެފަރާތްތަކަށް ވަރަށްގިނަ ކަންކަން މި ކޮންގްރެސްއިން ދަސްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޕީއެންސީގެ ސެނެޓަށް ކުރިމަތިލި ކެންޑިޑޭޓުންގެ ޢަދަދު:

  1. އާންމުކޮށް ހުޅުވާލާ 18 ގޮނޑިއަށް، 73 ކެންޑިޑޭޓުން
  2. ނައިބުރައީސްކަމަށް 11
  3. އަންހެނުންނަށް ޚާއްސަކުރާ 10 ގޮނޑިއަށް، 23 ކެންޑިޑޭޓުން
  4. ޒުވާނުންނަށް ޚާއްސަކުރާ 7 ގޮނޑިއަށް 13 ކެންޑިޑޭޓުން

ޕީއެންސީގެ މެންބަރުންގެ ޢަދަދު 77 ހާހަށްވުރެ މައްޗަށް އަރައެވެ.