ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ މަތީ މަޖިލީހުގައި 13،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެ: ހީނާ

Heena
Maldivian_Ads
TTH_Ads
STO_Ads
Advertisement

އަންނަ ސެޕްޓެންބަރު މަހުގައި ބާއްވާ ޕީއެންސީގެ މަތީ މަޖިލީހުގައި 13،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެކަމަށް ލަފާކުރެވޭކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އަދި ޕީއެންސީގެ އަންހެނުންގެ ގޮފީގެ ރައީސާ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވީ އަންނަ ސެޕްޓެމްބަރުމަހުގެ 15 އިން 18 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕީއެންސީގެ މަތީ މަޖިލީހަށް ވަމުންދާ ތައްޔާރީ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ގެނެސްްދިނުމަށް އެމްއެމްޓީވީން ކުރިއަށްގެންދާ “ޕީއެންސީ ކޮންގްރެސް ފޯރި” ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ.

ހީނާ ވިދާޅުވީ ގައުމީ މަޖިލިސް ބޭއްވުމަށް ކުރަން ހުރި މަސައްކަތްތައް ޓީމުތަކަށް ބަހާލައިގެން ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. ޕީއެންސީގެ ގައުމީ މަޖިލީހުގައި ރެކޯޑު އަދަދަކަށް މެމްބަރުން ބައިވެރިވާނެކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

“މި ކޮންގްރެސްއަށް އިރާދަކުރެއްވިއްޔާ 13،000 އެއްހާ މީހުން އަންނާނެ މި ކޮންގްރެސްގައި ބައިވެރިވާނެ، އޭގެ ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންވެފައިވާ ގުނަވަންތަކާއި ކޮންގްރެސްގައި ބައިވެރިވެ ވޯޓު ދިނުމަށް ކަނޑައެޅިފައިވާ ހުރިހާ މެމްބަރުން، އޭގެ ތެރޭގައި އެބަ ހިމެނޭ ސްޓިއަރިން ކޮމިޓީތަކާއި، އަންހެނުންނާއި ޒުވާނުންގެ ކޮމިޓީތަކުގެ ރައީސުން، އަދި ހަމައެއާއެކީގައި ކައުންސިލުތަކުގައި ތިއްބެވި މި ޕާޓީގެ ރައީސުން، ނައިބު ރައީސުންފަދަ ގިނަ ބޭފުޅުން ހިމެނޭ، މި ބޭފުޅުން ވަޑައިގެން އަސާސީ ގަވާއިދާ އެއްގޮތަށް ވޯޓު ދެއްވާގޮތަށް ހަމަޖެހިފައިވަނީ،” ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ޕާޓީން މިވަގުތު ކުރަމުންދާ އެންމެ ހާއްސަ އެއްކަމަކީ މަތީ މަޖިލީހުގައި ބައިވެރިވާން އަތޮޅުތެރެއިން އަންނަ ޕާޓީގެ މެމްބަރުންނަށް ހޫނު މަރުހަބާއެއް ކިޔުމަށް ކުރަންޖެހޭ ކަންކަން ކުރުންކަމަށެވެ.

ޕީއެންސީގެ މަތީ މަޖިލިސް ވެގެންދާނީ ވަރަށް ވެސް ފުރިހަމަ އަދި ވަރަށް މުހިންމު ބިނާކުރަނިވި ހިޔާލުތަކެއް ހުށަހެޅިގެން ޕާޓީގެ ތަސައްވުރާއި މުސްތަގުބަލު އެހެން ހަރުފަތަކަށް ގެންގޮސްދޭނެ މަޖިލީހަކަށް ކަމުގައި ހީނާ ވިދާޅުވިއެވެ.

މަތީ މަޖިލީހުގައި 13،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެކަމަށް ލަފާކުރެވޭކަމަށް ހީނާ ވިދާޅުވިއިރު 70،000 މެމްބަރުންނާ އެކު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީއެންސީއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC

އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ ޕީއެންސީ 70،000އަށް އަރައިފި

Heena

ތަރިކަތަކުން ނަފާވެރިކަން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ހީނާ

Heena

ދިވެހި ބަހުން ވާހަކަދައްކަން ކުދިން ޖެހިލުންވާތީ ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ

ވާޒީފާގެ މާހައުލުގައި އެންމެ މުހިންމު އެއް ސިފައަކީ މުއާމަލާތުކުރުމުގެ ހުނަރު: ހީނާ