އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން މިއަދުވެސް ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން އެންމެ ވަރުގަދައަށް ވައިގެ ހަމަލާތައް ދެމުންގެންދަނީ ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ ތަންތަނަށެވެ.
ގާޒާ ސިޓީގެ ހުޅަނގު ސަރަހައްދުގައި ހުންނަ އަލް ޝިފާ ހޮސްޕިޓަލްގެ ގޭޓު ކައިރިއަށް ޓެރަރިސްޓުން ދިން ވައިގެ ހަމަލާތަކެއްގައި އެކަކު ޝަހީދުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް، ޣައްޒާގެ އިމަޖެންސީ ފަރާތްތަކުން ބުނެއެވެ.
ޣައްޒާގެ މެދުތެރޭ ދީރުލް ބަލާހަށް ޑްރޯން ބޭނުންކޮށްގެން ދާދި ދެންމެއަކު ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި އެތައްބަޔަކު ޝަހީދުވެ އަދި އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ޚަބަރުތައް ބުނެއެވެ. ޝަހީދުވި އަދި ޒަޚަމްވި މީހުންގެ އަދަދުތަކެއް އަދި ސާފު ނުވާކަމަށް ބުނެއެވެ.
ދީރުލް ބަލާހްގައި އިސްތިއުމާރީ ޓެރަރިސްޓުން ވައިގެ ހަމަލާ ދީފައިވަނީ އަލް ބަރަކާ މަގުން ދަތުރުކޮށްފައި ދިޔަ ވެހިކަލަކަށް ކަމަށް ވެއެވެ. ވެހިކަލްގައި ތިބީ އަލަށް ކައިވެނިކުރި ދެމަފިރިން ކަމަށާއި، އެމީހުންގެ ހާލު އަދި ސާފުނުވާކަމަށް ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ރެއިން ފެށިގެން ޣައްޒާގެ އެކި ހިސާބުތަކަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 9 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. މި ހަމަލާތަކުގައި އިތުރު އެތައް ބަޔަކު ޒަޚަމްވެފައި ވެއެވެ.
އަލް ޝިޕާ ހޮސްޕިޓަލަށް ޓެރަރިސްޓު ހަމަލާ ދިނުމުގެ ގަޑިއިރުތަކެއް ކުރިން އިސްތިއުމާރީ ސިފައިންވަނީ ޣައްޒާގެ ދެކުނުން ޚާން ޔޫނިސްގައި ހުންނަ ނަސަރު މެޑިކަލް ކޮމްޕްލެސްގެ ސާޖިކަލް ބިލްޑިންގަށް ބޮންއަޅާފައެވެ.
މި ހަމަލާގައި 6 މީހުން ޝަހީދުއިރު، އޭގެތެރޭގައި ޑޮކްޓަރަކުވެސް ހިމެނެއެވެ.
މިއަދުގެ މިހާތަނަށް ޣައްޒާއިން 9 މީހުން ޝަހީދުކޮށްލައިފި، އެކި ހިސާބުތަކަށް އަދިވެސް ހަމަލާދެނީ
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.