މި މަހު 27 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ ހުސްވި އޮކްޓޫބަރު 20 ގެ މެންދުރުފަހު 14:00 ގެ ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް އެކަނި ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރި އިއުލާނެއްގައި ހާމަކޮށްފިއެވެ.
އެމްޑީޕީން އާންމުކުރި އިންތިހާބީ ތާވަލުގައިވާ ގޮތުން، ވޯޓުލުމުގެ ފުރުސަތު ލިބޭނީ އޮކްޓޫބަރު 20 ގެ މެންދުރުފަހު 14:00 ގެ ކުރިން ދަފްތަރުގައި ހިމެނި، ވޯޓުލާ ދުވަހާ ހަމައަށް މެދުކެނޑުމެއްނެތި ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބޭ ފަރާތްތަކަށެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހާއި އެކި ގުނަންތަކަށް ލީޑަރުން ހޮވުމަށް ބާއްވާ މި އިންތިހާބު ތާވަލުކޮށްފައިވަނީ 27 ނޮވެމްބަރު 2026 ވާ ހުކުރު ދުވަހުއެވެ.
އިންތިހާބާ ގުޅިގެން ވޯޓުލާ ތަން ބަދަލުކުރުމަށްޓަކައި ހުޅުވާލި ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު 6 ނޮވެމްބަރު 2026 ގެ ނިޔަލަށް ހަމަވެފައިވާއިރު، މި އިންތިހާބުގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މެންބަރުން ވަނީ ފޯމު ހުށަހަޅާފައެވެ. އިންތިހާބާ ގުޅޭ މައްސަލަތައް ބެލުމަށްޓަކައި ޕާޓީގެ އިންތިހާބީ ޤަވާޢިދުގެ 46 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝަކުވާ ބަލައިގަންނަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.