ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އައިމަން އިސްމާޢީލްގެ ބަންދަށް 30 ދުވަސް ކޯޓުން އިތުރުކޮށްފިއެވެ.

އައިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ތަޙުޤީޤު ނިންމުމަށްޓަކައި އެއް މަސްދުވަހުގެ މުއްދަތެއް ފުލުހުންނަށް ދީފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤުގެ މުހިންމު ބޮޑުބައެއް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި މައްސަލައިގެ ތަޙުޤީޤު ފުރިހަމަކޮށް، ޝަރީޢަތަށް ފޮނުވުމަށް ބޭނުންވާ އެންމެހައި އިޖުރާއާތުތައް ފުރިހަމަކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މިހާރު ދަނީ މަޝްވަރާކުރެވެމުންނެވެ.

އިޝްތިހާރު އިޝްތިހާރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަ ކަންކަމަށްވާއިރު، މި މައްސަލަވެސް ފުލުހުން ގެންދަނީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންނެވެ.