މިއަހަރު ބޭއްވި "ފެމިލީ އެންޑް ހެލްތު އެކްސްޕޯ" އަކީ އެހެން އަހަރުތަކާ ޚިލާފަށް ސިއްހީ ދާއިރާގެ އެކި ފަރާތްތަކުގެ މެދުގައި އޮތް ގާތްގުޅުމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް ހާމަވެގެންދިޔަ އަދި އެ ގުޅުން އިތުރަށް ބަދަހިކޮށްދިން މައުރަޒެއް ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މި އެކްސްޕޯގައި ސިއްހީ ދާއިރާގެ އެކި ދާއިރާތަކުގެ ފަންނީ މާހިރުން އެއްތަނަކަށް ޖަމާވެ، ދާއިރާގެ ކުރިއެރުމަށް މުހިންމު މަޝްވަރާތަކެއް ކުރުމުގެ އިތުރުން ތަފާތު މައުލޫމާތުތައް ވަނީ ބަދަލުކޮށްފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ އެކްސްޕޯގެ އެންމެ ޚާއްސަ އެއް ކަމަކީ ރާއްޖޭގައި މީގެކުރިން ސިއްހީ އަދި އިޖުތިމާއީ ވުޒާރާތައް ހިންގެވި ވަޒީރުންނަށް ދައުވަތު ދެއްވައިގެން ގެންނެވުމެވެ.
Ministry of Health, Family and Welfare@MoHmvFormer Minister of Health, Hon. Dr. Ahmed Jamsheed Mohamed, visited the Maldives Health and Family Expo 2026, touring the exhibition stalls and engaging with participating exhibitors.



އެ ދައުވަތު ގަބޫލުފުޅުކުރައްވައި ކުރީގެ ވަޒީރުން ކަމަށްވާ އަޙްމަދު ޢަބްދުﷲ، މުޙައްމަދު މުޞްޠަފާ ޙުސައިން، ޑރ. އާމިނަތު ޖަމީލް، ޑރ. އަޙްމަދު ޖަމްޝީދު މުޙައްމަދު އަދި އަޙްމަދު ނަސީމްގެ އިތުރުން ޖެންޑަރ މިނިސްޓަރުކަން ކުރެއްވި ޑރ. އާމާލް ޢަލީ އާއި ޝިދާތާ ޝަރީފް ވަނީ މައުރަޒަށް ޒިޔާރަތްކުރައްވާފައެވެ. އެ ބޭފުޅުން ވަނީ ސްޓޯލްތަކުން ފެނިގެންދިޔަ އުފެއްދުންތެރި މަސައްކަތްތަކަށާއި، އާންމު ސިއްހަތު ކުރިއެރުވުމަށް މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.
Ministry of Health, Family and Welfare@MoHmvFormer Minister of Health and Family, Hon. Dr. Aminath Jameel, visited the Maldives Health and Family Expo 2026, exploring the exhibition stalls and interacting with participating exhibitors.



މިފަދަ ބޮޑު ހަރަކާތެއް ކާމިޔާބުކަމާއެކު ނިންމާލެވުނީ ވުޒާރާގެ މުވައްޒަފުންނާއި، އަމިއްލަ ސެކްޓަރުގެ ކުންފުނިތަކާއި އަދި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުމާއެކު ކުރެވުނު ގުޅިފައިވާ މަސައްކަތުން ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
Ministry of Health, Family and Welfare@MoHmvFormer Minister of Health, Hon. Ahmed Naseem, visited the Maldives Health and Family Expo 2026, touring the exhibition stalls and engaging with participating exhibitors to learn about the services and initiatives showcased at the Expo.



އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން ބުނި ގޮތުގައި، އެ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން މީގެކުރިން އާންމުންނަށް މައުލޫމާތު ލިބިފައިވަނީ ވަރަށް ކުޑަކޮށް ނަމަވެސް، މި އެކްސްޕޯގެ ސަބަބުން އެ ޚިދުމަތްތައް ހޯދާނެ ގޮތާއި އުސޫލުތައް އާންމުންނަށް ވަރަށް ތަފްސީލުކޮށް ކިޔައިދެވުނެވެ. މީގެއިތުރުން، ސިއްހީ ދާއިރާގެ އިސް ތަޖުރިބާކާރުންގެ މެދުގައި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންގޮސް، އާންމުންގެ މެދުގައި ހޭލުންތެރިކަން ކުޑަ މުހިންމު ސިއްހީ މައުޟޫޢުތަކަށް އަގުހުރި މައުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.