ތ. ވޭމަންޑޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގެ ފެންވަރު މަތިކޮށް، އެ ރަށުގައި އަލަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ 50 އެނދުގެ ހޮސްޕިޓަލާ ގުޅޭގޮތުން ކުވައިތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު މަޝްވަރާކޮށްފިއެވެ.

The Minister of Health, Family and Welfare, Ms. @geelaali , met with the delegation from the Kuwait Fund for Arab Economic Development (KFAED) to discuss the proposed project to establish a 50-bed hospital in Tha. Veymandoo.

The meeting also explored opportunities for further …

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ އަދި މިނިސްޓްރީގެ އިސް ވެރިންނާއި، ކުވައިތު ފަންޑުގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ މަންދޫބުންގެ ވަފުދާ ދެމެދުގައެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވޭމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ ޒަމާނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކުގެ މައްޗަށެވެ. މީގެއިތުރުން، ކުވައިތު ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ދެފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ތ. އަތޮޅު ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވޭމަންޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވައުދުވެވަޑައިގެންފައެވެ. އަދި 50 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެންވެސް، މިހާރު ހުރި މަރުކަޒަށް ބޭނުންވާ އެންމެހައި ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، އަތޮޅުތަކުގެ ރައްޔިތުން ޞިއްޙީ ފަރުވާއަށްޓަކައި ބޮޑު ޚަރަދުކޮށް ދުރު ރަށްރަށަށް ދާންޖެހޭ ދަތި އުނދަގޫ ހާލަތް ނިމުމަކަށް ގެނެސް، އަމިއްލަ ރަށުން ނުވަތަ ކައިރި ހިސާބަކުން ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.