ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެރަޕީތަކަށް ޚާއްސަ ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

Main 20261007
TTH_Ads
STO_Ads
Maldivian_Ads
Advertisement

ހުރިހާ ބާވަތެއްގެ ތެރަޕީތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ މަސައްކަތް، އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

މި ސެންޓަރު ޤާއިމުކުރައްވަން ނިންމަވާފައިވާކަން އިއުލާނުކުރެއްވީ، ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ސެންޓަރުގެ މަސައްކަތް 2 އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.

ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، މިހާރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާ ހޯދަމުންދަނީ އާންމުކޮށް ގިނަ މީހުން ޚިދުމަތް ހޯދަންދާ ހޮސްޕިޓަލްތަކުން ކަމަށެވެ. ނަމަވެސް، އެކަހެރިކޮށް ޚާއްސަ ސެންޓަރެއް ޤާއިމުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ، އެފަދަ ކުދިންނަށް ތަނެއްގައި މާ ގިނަ ވަގުތު ހޭދަކުރަން ދަތިވާތީ އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މިހާރުވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކާޑް ދެއްކުމުން ޚިދުމަތް އަވަހަށް ލިބޭނެގޮތް ވަނީ ހަމަޖައްސާފައެވެ.

HajjCop_ads
Advertisement

ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބިގެންދާނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިސެންޓަރުގެ ޚިދުމަތް އަތޮޅުތަކަށްވެސް ފުޅާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލެއާއި އަތޮޅުތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގިނަ އަދަދެއްގެ ތެރަޕިސްޓުން ވަނީ ޚިދުމަތަށް ނެރެފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، މިއަހަރު އެކަނިވެސް 50 ތެރަޕިސްޓުން ޚިދުމަތަށް ނެރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. މިހާރުވެސް 80 ތެރަޕިސްޓުން ޚިދުމަތުގައި ތިއްބަވާއިރު، އޭގެ ތެރޭގައި ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ސައިކޯ ތެރަޕިސްޓުންނާއި ފިޒިއޮ ތެރަޕިސްޓުންފަދަ ބޭފުޅުން ހިމެނެއެވެ.

ތެރަޕީގެ ޚިދުމަތްތަކަށް އާސަންދައިން ހަރަދު ދިނުމާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ދިނުމަށް ނިންމަވާފައެވެ. ނަމަވެސް، މި ނިންމުން މިހާރު މުރާޖާކުރައްވާ، އެ ޚަރަދުން ވަކި އިންސައްތައެއް ތެރަޕީ ސެންޓަރުތަކުން ފުރިހަމައަށް ޚިދުމަތްދެވޭނެ ފަދަ ގޮތަކަށް ހޭދަކުރުމަށް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15,885 މީހަކު ރަޖިސްޓަރވެފައިވެއެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް 324 މީހަކަށް އެކި ތެރަޕީތަކަށް އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކި ތެރަޕީތަކަށް މިދިޔަ މަހު 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ބިހޭވިއަރ ތެރަޕީއަށް (1.5 މިލިޔަން ރުފިޔާ)، އޮކިއުޕޭޝަނަލް ތެރަޕީއަށް (1.2 މިލިޔަން ރުފިޔާ)، އަދި ސްޕީޗް ތެރަޕީއަށްވެސް (1.2 މިލިޔަން ރުފިޔާ) އެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2025 11 22 at 20.05.47 (1)

އާރުޑީސީއާ ޙަވާލުކޮށްފައިވާ ސިއްޙީ ދާއިރާގެ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް!

DSC

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކުންވެސް އަސާސީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ!

geela

ސަރުކާރުގެ ޚާއްސައެހީގައި މިހާތަނަށް 28 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުވައިފި

Big yqi4flEKcMuLFJ28kCuiC5RIr

ކުޑަކުދިންނަށްކުރާ އަނިޔާ ހުއްޓުވުމާގުޅޭ ބައިނަލްއަޤްވާމީ ޤަރާރުގައި ރާއްޖެއިން ސޮއިކޮށްފި