ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާރުޑީސީއާ ޙަވާލުކޮށްފައިވާ ސިއްޙީ ދާއިރާގެ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް!

WhatsApp Image 2025 11 22 at 20.05.47 (1)
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފައިވާ ޞިއްޙީ ދާއިރާގެ މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ބަދަލާއެކު މަސައްކަތުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ “އަހާ ފޯރަމް”ގައި ހއ. އިހަވަންދޫއާއި ރ. މީދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކާ ގުޅޭގޮތުން އެ ދެ ރަށުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އިހަވަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ފުރަތަމަ ފެންވަރުގެ (ލެވެލް 1) ހޮސްޕިޓަލެއް ކަމަށް ވަޒީރު ޤީލާ ވިދާޅުވިއެވެ. މި މަޝްރޫޢު 2025 ވަނަ އަހަރު އާރްޑީސީއާ ހަވާލުކޮށްފައިވީ ނަމަވެސް، މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ނުދިޔުމުގެ ގިނަ ސަބަބުތައް ހުރިކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަސައްކަތަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކެއް ހުރުން ހިމެނެއެވެ. މިހާރު މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރ. މީދޫގައި ތަރައްޤީކުރާ ހޮސްޕިޓަލްގެ މަޝްރޫޢަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، އެއީވެސް އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 30 އެނދުގެ ހޮސްޕިޓަލެއް ކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް އާރްޑީސީއާ ހަވާލުކޮށްފައި އޮތީ. ނަމަވެސް އެ މަސައްކަތްތައް މިހާރު އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަސައްކަތުގެ ދުވެލިވެސް އަވަސްވެގެންދާނެ.

ވަޒީރު ޤީލާ ޢަލީ އިތުރަށް ވިދާޅުވިއެވެ.

ހއ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ އެއް ރަށްކަމަށްވާ އިހަވަންދޫއަކީ، އުތުރުގެ ސަރަޙައްދީ ތަރައްޤީގައި މުހިންމު ރަށެކެވެ. އެ ރަށުގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލަކީ ޖާގަ ތަނަވަސް އަދި ޚިދުމަތުގެ ގޮތުން ފުރިހަމަ ތަނަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. 123 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން އިހަވަންދޫގައި ތަރައްޤީކުރާ 30 އެނދުގެ މި ހޮސްޕިޓަލްގައި އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރ. މީދޫގައި އަލަށް ތަރައްޤީ ކުރާ ހޮސްޕިޓަލަކީ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ހޮސްޕިޓަލެކެވެ. އެގޮތުން، ބަލިމީހުން ބަލާ ކޮޓަރިއާއި، އޮޕަރޭޝަން ރޫމާއި، ލޭބަރ ރޫމްފަދަ ތަންތަން މި ހޮސްޕިޓަލުގައި ޤާއިމުކުރެވޭނެއެވެ. މިހާރު ރ. މީދޫގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ 24 ގަޑިއިރު ޚިދުމަތްދެމުން އަންނަ ޞިއްޙީ މަރުކަޒަކުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20261007

ތެރަޕީތަކަށް ޚާއްސަ ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

DSC

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކުންވެސް އަސާސީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ!

WhatsApp Image 2026 10 11 at 13.35.12

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 10 11 at 14.18.54

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ %63 މަސައްކަތް ނިމިއްޖެ