ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެންމެހައި މަސައްކަތްތަކާއި މަޝްރޫއުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ދިވެހި ސަރުކާރުން އެމްޓީސީސީގެ ދަށަށް އާރްޑީސީ ގެނައުމަށް ނިންމެވުމާ ގުޅިގެން، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ އެމްޓީސީސީގެ ބެލުމުގެ ދަށުންނެވެ.
މި ބަދަލާ ގުޅިގެން އެމްޓީސީސީން ބުނެފައިވަނީ، މީގެ ކުރިން އާރްޑީސީން ހިންގަމުން އައި ހުރިހާ މަޝްރޫއުތަކެއް ދެން ކުރިއަށް ގެންދާނީ އެމްޓީސީސީން ކަމަށެވެ. އަދި އެ މަޝްރޫއުތަކާ ގުޅޭ އެންމެހައި ކަންކަމާއި މަސްއޫލިއްޔަތުތައް ދެން އުފުލާނީ ވެސް އެމްޓީސީސީން ކަމުގައި އާންމުކޮށް އަންގާ ކަމަށް އެ ކުންފުނިން ވަނީ ބަޔާންކޮށްފައެވެ.
ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން އަވަހަށް އަދި ހަރަދު ކުޑަކޮށް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަގުހެދުމުގެ ބޮޑެތި މަޝްރޫއުތަކުގެ ކޮންޓްރޯލް އެއްކޮށް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.