ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކުންވެސް އަސާސީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ!

DSC
TTH_Ads
STO_Ads
Maldivian_Ads
Advertisement

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ބޭސް ފިހާރަތަކުން އަސާސީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް، ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން އަސާސީ ބޭސް ލިބޭނެކަން ކަށަވަރުކުރުމާއި، އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. މި މަސައްކަތްތައް ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން ދަނީ ކުރަމުންނެވެ.

“އަހާ ފޯރަމް”ގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ސްޓޭޓް ފާމަ މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސް ފިހާރަތަކަށް އަދި ދިގު މުއްދަތަކަށް ބޭސް ބޭނުންވާ ފަރާތްތަކަށް ބޭސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ނިމުމުގެ ކުރިން އަސާސީ ބޭސް އަތޮޅުތެރޭގެ ހުރިހާ ފާމަސީތަކުން ލިބެން ހުންނާނެ ކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްއިން ވަނީ އަސާސީ ބޭސް ހޯދުމަށް ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ ހޮޓްލައިން ނަންބަރެއް (1505) ތަޢާރަފްކޮށްފައެވެ. މި ހޮޓްލައިނަކީ 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ޚިދުމަތް ލިބޭނެ ގޮތަށް ތައާރަފްކޮށްފައިވާ ޚިދުމަތެކެވެ. އެ ކުންފުނިން ބުނެފައިވަނީ، ދިވެހިރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި މި ނަންބަރު ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ބޭސް ހޯދުމާއި އެކަމާ ގުޅޭ މައުލޫމާތު މި ނަންބަރު މެދުވެރިކޮށް ލިބޭނެކަމަށާއި، ކުންފުނި މެދުވެރިކޮށް ބޭސް އޯޑަރުކުރާ ފަރާތްތަކަށް، އެ ބޭސް އެ ފަރާތްތަކާ އެންމެ ގާތުން ހިދުމަތްދޭ ފާމަސީއަކުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދެވޭނެ ކަމަށްވެސް ސްޓޭޓް ފާމަސޫޓިކަލްސްއިން ވިދާޅުވެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)އިން މި އަހަރުގެ ޖުލައި މަހު ވަނީ ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް، އެއަށް އަމަލުކުރަން ފެށުމަށް އަންގާފައެވެ. އަދާހަމަކޮށްފައިވާ މި ލިސްޓުގައިވާ ގޮތުން، ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ.

މި ބަދަލާ ގުޅިގެން މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހަމަޖައްސަން ޖެހޭނެއެވެ. އަދި އަލަށް ހުޅުވާ ފާމަސީތައް ރަޖިސްޓްރީ ކުރުމަށްފަހު ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސްތައް ހަމަކުރުމުން ކަމަށްވެސް އެމް.އެފް.ޑީ.އޭއިން ވަނީ ހާމަކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20261007

ތެރަޕީތަކަށް ޚާއްސަ ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

WhatsApp Image 2025 11 22 at 20.05.47 (1)

އާރުޑީސީއާ ޙަވާލުކޮށްފައިވާ ސިއްޙީ ދާއިރާގެ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް!

geela

ސަރުކާރުގެ ޚާއްސައެހީގައި މިހާތަނަށް 28 ކުއްޖަކު ބޯންމެރޯ ހަދަން ފޮނުވައިފި

Big yqi4flEKcMuLFJ28kCuiC5RIr

ކުޑަކުދިންނަށްކުރާ އަނިޔާ ހުއްޓުވުމާގުޅޭ ބައިނަލްއަޤްވާމީ ޤަރާރުގައި ރާއްޖެއިން ސޮއިކޮށްފި