ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެންޑަކްރިނޮލޮޖީ ކޮންސަލްޓަންޓް ޑރ. ޖޯސެފް އެޗޯބޫ އޮޖޯބީ، 1 ނޮވެމްބަރު 2026 އިން ފެށިގެން ޓީޓީއެޗް ކްލިނިކް މާލޭގައި ބަލިމީހުން ބައްލަވަން ފަށްޓަވާނެކަން އެ ހޮސްޕިޓަލުން އިޢުލާންކޮށްފިއެވެ.

ޑރ. ޖޯސެފަކީ ހަކުރުބަލި މެނޭޖްކުރުމާއި، ތައިރޮއިޑް ބަލިތައް ދެނެގަނެ ފަރުވާދިނުމުގެ އިތުރުން، ބަރުދަން އިތުރުވުމާ ގުޅުންހުރި މައްސަލަތަކާއި ހޯރމޯންގެ ބަލިތަކަށް ފަރުވާދިނުމުގައި ތަޖުރިބާކާރު ބޭފުޅެކެވެ. ޑރ. ޖޯސެފްގެ ފަރުވާގެ މައިގަނޑު އަސާސަކީ ކޮންމެ ބަލިމީހެއްގެވެސް ޞިއްޙީ ހާލަތަށް ބިނާކޮށް، ދިގުމުއްދަތުގެ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ފަރުވާގެ ޕްލޭންތައް އެކުލަވައިލުމެވެ.

އެންޑަކްރިނޮލޮޖީއަކީ ހަށިގަނޑުގެ ހޯރމޯންތަކާއި މެޓަބޮލިޒަމް ނިޒާމާ ގުޅުންހުރި ބަލިތައް މެނޭޖްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެކެވެ. މީގެ ތެރޭގައި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމާއި، ހަކަތަ ހުންނަ މިންވަރާއި، ބަރުދަނަށް އަންނަ ބަދަލުތައް ހިމެނެއެވެ. މިފަދަ ބަލިތަކަށް އަވަސް ފަރުވާ ހޯދުމަކީ ބަލީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

އިޝްތިހާރު އިޝްތިހާރު

ޑރ. ޖޯސެފްގެ ކޮންސަލްޓޭޝަންތަކުގެ ތެރެއިން، ބަލިމީހާގެ ޞިއްޙީ ހާލަތު ފުރިހަމައަށް ވަޒަންކުރުމާއި، ދިގުމުއްދަތުގެ ބަލިތައް މެނޭޖްކުރުމުގެ އިރުޝާދުތަކާއި، ދިރިއުޅުމުގެ އާދަކާދައަށް ރިޢާޔަތްކޮށްގެން ފަރުވާގެ ކަންކަން ކުރިއަށް ގެންދެވޭނެއެވެ.
ޓީޓީއެޗް ކްލިނިކް މާލޭގައި ޑރ. ޖޯސެފް ބަލިމީހުން ބައްލަވަން ފެއްޓެވުމަކީ، ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތް ނުކޮށްވެސް ލުއިފަސޭހަ ކަމާއެކު މާލޭގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، ދިގުމުއްދަތުގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތެކެވެ.

ޑޮކްޓަރަށް ދެއްކުމުގެ ތާވަލު
1 ނޮވެންބަރު 2026 އިން ފެށިގެން ޑރ. ޖޯސެފް އެޗޯބޫ އޮޖޯބީ ބަލިމީހުން ބައްލަވާނީ ތިރީގައިވާ ގަޑިތަކުގައެވެ:
• ދުވަސްތައް: ހޯމަ އަދި ބުރާސްފަތި
• ގަޑި: ހެނދުނު 10:00 އިން މެންދުރު 01:00 އަށް
• ތަން: ޓީޓީއެޗް ކްލިނިކް މާލެ، މއ. ޗަމްޕާ ވިލާ، ބުރުޒު މަގު، މާލެ

ޓީޓީއެޗް ކްލިނިކް މާލެއިން އެންޑޯކްރިނޮލޮޖީގެ ޚިދުމަތުގެ އިތުރުން، އިންޓަރނަލް މެޑިސިން، ފެމިލީ މެޑިސިން، އަދި ނިއުރޯސަރޖަރީ ޚާއްޞަ ބަލިތަކުގެ ކޮންސަލްޓޭޝަން ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރިން ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް އެންޑް ލެންގުއޭޖް ތެރަޕީ، އޯޑިއޮލޮޖީ، އަދި ލެބޯރެޓަރީ ސާމްޕަލް ނެގުމުގެ ޚިދުމަތްތައް ވެސް ފޯރުކޮށްދެއެވެ. އަނިޔާވުމުގެ ސަބަބުން ނުވަތަ އޮޕަރޭޝަނަށް ފަހު، އަދި ނިއުރޯލޮޖިކަލް ހާލަތްތަކުން ރިކަވަރީވަމުންދާ ބަލިމީހުންނަށް ރިހެބިލިޓޭޝަންގެ ޚިދުމަތްތައް ވެސް މި ކްލިނިކުން ފޯރުކޮށްދެއެވެ.

ޓީޓީއެޗް ކްލިނިކް މާލޭގެ އެންޑަކްރިނޮލޮޖީ ޚިދުމަތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެކުލިނިކުން އެދެއެވެ.