ސަރުކާރުގެ ރަސްމާލެ މަޝްރޫއާ ދެކޮޅު ހެދުމަކީ އެމްޑީޕީއަށް ގެއްލުންހުރި ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ދެކޮޅު ހައްދަވަމުންދާތީ ރައީސް ނަޝީދު ވަނީ ކޯފާ އިސްކުރައްވައި އެ މެންބަރުންނަށް ނުރުހުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ފޮނުއްވި މެސެޖުގައި ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަކީ އެމްޑީޕީއާ ގާތް ގައުމެއް ކަމަށެވެ.
މި މަޝްރޫއާ ދެކޮޅު ހަދާނަމަ ޔޫއޭއީގެ ތާއީދު ޕީއެންސީއަށް ދެވުނީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަސްމާލެ ކަންތަކުގައި އަދިވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ ޕާޓީން ވަކި އެއްޗެއް ނުބުނެ ހިމޭނުން އޮތުމެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީން ދެކޭގޮތެއް ބެލުމަށްޓަކައި ގައުމީ މަޖިލީހުގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ގޮވާލައްވާފައެވެ. އެހެންނަމަވެސް އެފަދަ ޖަލްސާއެއް ބޭއްވުމުގެ ކުރިން މެންބަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް ބޮޑުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.