ރަސްމާލެ ތަރައްގީ ކުރެވިގެންދާނީ ދިވެހިން ފަހުރުވެރިވާ މާތްވެގެންވާ އިސްލާމީ އުސޫލުތައް ވަރުގަދައަށް ރައްކާތެރިކޮށް ހިމާޔަތް ކުރެވެގެން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އަދި ރަސްމާލެ ތަރައްގީ ކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން މެންބަރު ވަނީ ބައެއް ފަރާތްތަކުން ދައްކަވާ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސިފަކުރައްވާފައެވެ.
އަދި ރާއްޖެއަށް ކުރިއެރުމެއް އަންނަން ބަޔަކު ބޭނުންނުވާނަމަ ހީވާ ފަދަ ވާހަކަތައް ނުދެއްކުމަށް އޭނާ ގޮވާލެއްވިއެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ޤާނޫނުތައް ހުއްދަކުރާ އުސޫލުތަކުގެ މަތިން ކަންކަން ކުރިއަށްދާނެ ކަމަށާއި، މި ސަރުކާރުން އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަހަތު ކަމަށް މުހައްމަދު އިސްމާއީލް ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ސްޓޭންޑް ވަރަށް ސާފުކޮށް ހާމަކޮށްފައި ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުން އަބަދުވެސް ތިބޭނީ ރައްޔިތުންނާއި އިސްލާމްދީނުގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު