ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެޔޮ ވެރިކަމެއް ކޮށްދެއްވާ ހަމައެކަނި ލީޑަރަކީ ރައީސް ޑރ. މުޢިއްޒު: މުޙައްމަދު އިސްމާޢީލް

Large thumb
STO_Ads
Maldivian_Ads
TTH_Ads
Advertisement

ރައްޔިތުންގެ ހެޔޮ ވެރިކަމެއް ކޮށްދެއްވާ ހަމައެކަނި ލީޑަރަކީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން އަންނަނީ ވެރިކަން ކުރާ ޕާޓީއާއި ރައްޔިތުންނާ ދެމެދަށް ވަދެގަނެ ތަން ފަސާދަކުރަންކަމަށެވެ.

މެންބަރު ވިދާޅުވީ، ރައީސް މުއިއްޒު މަސައްކަތްކުރައްވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވާދެއްވުމަށްކަމަށެވެ. އެގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ވާހަކަ މީގެ ކުރިން ވެރިކަމަށް ވަޑައިގަތް ވެރިން ދެއްކެވިކަމަށާއި އެކަމަކު އެބޭފުޅުންގެ ވެރިކަންތައް ނިންމާލީ މި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިނުދެއްވާކަމަށް މެންބަރު މުހައްމަދު އިސްމާޢީލް ވިދާޅުވިއެވެ. ނަމަވެސް މިއަދު ބިދޭސީންގެ މައްސަލައަށް ހައްލު ލިބެމުންދާކަމުގެ ހެކިތައް ހިސާބުތަކުން ދައްކުވައިދެމުންދާކަމަށް މެންބަރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ހަގީގީ މާނައިގައި ރައްޔިތުންނަށް ހެޔޮ އެދޭ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން އަންނަ ރައީސުންގެ ވެރިކަންތައް މި ފެނިގެންދަނީ، ރައްޔިތުން ގަބޫލުފުޅުކުރައްވާ، މިއީ ހަގީގީ ވިޝަނަރީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ގައުމުގެ ކަންކަން ބައްޓަންކޮށް ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށްޓަކައި މަސައްކަތްކުރައްވާ ލީޑަރުންނަކީ މިއީ.

މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

ޕީއެންސީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ދުވަސްވަރު ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ތަަހައްމަލުކުރި ހިތްދަތި އުނދަގޫ ދަނޑިވަޅުތަކުގެ ހަނދާތައް އައުކުރައްވަމުން މެންބަރު ވިދާޅުވީ 77،000 މެމްބަރުންނާއެކު މިއަދު ޕީއެންސީ ސިޔާސީން ޕާޓީތަކުގެ ދަފްތަރުގެ އެންމެ ކުރީގައި ސާބިތުކަމާއެކު އޮތީ ޕާޓީގައި ވެރިކަން ކުރައްވާ ވެރިންނާއި ލީޑާޝިޕްގައި ތިއްބެވީ ރައްޔިތުންނާއެކު މަސައްކަތް ކުރާ މީހުންނަށް ވާތީކަމަށެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Pnc abdulraheem

ރައީސް ޔާމީނުގެ ވެރިކަން ނިމުނީ އަނބި ދަށުވީމަ: އަބްދުއްރަހީމް

PNC

ކޮންގްރެސް ޕާޓީގެ ފޯރިގަދަ ޖަގަހަ ޖަލްސާ މިރޭ އޮންނާނެ

mp falah

މެމްބަރުން ތިބީ ރައީސާއެއްކޮށް ގަދަކޮށް: ފަލާހް

pnc office

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ޕީއެންސީގެ މަތީ މަޖިލީހުގެ މަގާމުތަކަށް ކުރިމަތިލާން އަންގާރަ ދުވަހު ހުޅުވާލަނީ