ޕިންކް ރިބަން ރަން ނުވަތަ ވޯކް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އަހަރުގެ ހަރަކާތް 53 ރަށެއްގައި އޮންނާނެ ކަމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
މިއީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ބާއްވާ ހަރަކާތެކެވެ. ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނީ "I can, you can, we can, help prevent cancer" މިި ޝިއާރުގެ ދަށުން އެކުވެނި ޓްރެކް ސަރަހައްދުގެ އިތުރުން ރާއްޖޭގެ 47 ރަށަކާއި ފަސް ރިސޯޓެއް ހިމެނޭހެން 53 ރަށެއްގައި ޕިންކް ރިބަން ރަން ނުވަތަ ވޯކް ކުރިއަށް ގެންދާނެ ކަމަށެވެ.
ދުވުމާއި ހިނގުމުގެ މި ހަރަކާތުގަައި މި ފަހަރު 4,000 ވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ. މި ހަރަކާތުގައި ވެސް އާންމުން ހޭލުންތެރި ކުރުވުމަށް މައުލޫމާތު ދިނުން އޮންނާނެ އެވެ.
މި މަހު އިތުރު ހަރަކާތްތަކެއްް
މީގެ އިތުރުން ބިޔޯންޑް ދަ ޑައިއަގްނޯސިސް - އަ ޖަރނީ އޮފް ހީލިންގ އެންޑް ހޯޕް (ޑައިއަގްނޯސިސްއަށް ފަހު ބަލީން އަރައިގަތުމާއި އުންމީދުގެ ދަތުރު) މި މަހުގެ 25 ވަނަ ދުވަހު އޮންނާނެ އެވެ.
މި ހަރަކާތުގައި ބަލި މީހުންނާއި ސަވައިވާސްއަސް ހާއްސަކޮށްގެް ސައިކޮލޮޖިކަލް އަދި ފިޒިކަލް ވެލްނެސްގެ އިތުރުން ލިމްފެޓިކް ޑްރެއިނޭޖް ކަސްރަތުތަކާއި ޖެނެޓިކް ކައުންސިލް ސްޓިންެގެ މުހިންމު ކަމާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއްވެސް އޮންނާނެ އެވެ.
މި އަހަރުގެ ޕިންކު ޒުމްބާ ނައިޓް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އެކި އިދާރާތަކަށް މައުލޫމާތު ދިނުމުގެ ހަރަކާތްތައް މުޅި މަހަށް ބަލާއިގެން ދަނީ ކުރިއަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.