މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި، އެ ގައުމުގައި މަތީ ތައުލީމު ހާސިލުކުރަމުން ދިޔަ  ދިވެހި ޒުވާނަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ޒުވާން އަންހެނެކެވެ.

މެލޭޝިއާގައި ކިޔަވަމުންދިޔަ މި ޒުވާނާ އިނީ އިތުރު ދިވެއްސަކާއެކު ކާރުގެ ތެރޭގައެވެ. ދެ މީހުން ކާރުގައި ދިޔައީ ޝޮޕިން މޯލަކުން ވިޔަފާރިކޮށްގެންނެވެ.

އިޝްތިހާރު އިޝްތިހާރު

ނިޔާވެފައިވަނީ މެލޭޝިއާގެ "ޓެއިލާސް ޔުނިވަސިޓީ" ގައި ތައުލީމް ހާސިލް ކުރަމުން އަންނަ އަންހެން ދަރިވަރެކެވެ.

އެ އެކްސިޑެންޓަށް ފަހު އޭނާ ގެންގޮސްފައި ވަނީ ޕުޗޮންގުގެ ހޮސްޕިޓަލަކަށެވެ.