މިދިޔަ ސެޕްޓެމްބަރު މަހު މިފްކޯއަށް ކިރުވި މަހަށް 27 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މިފްކޯއިން ބުނީ މިދިޔަ ސެޕްޓެންބަރު މަހު 453 ދޯންޏަކުން 1288 ޓަނުގެ މަސް ކިރުވާފައިވާކަމަށާއި، ކިރުވާފައިވާ މަހަށް 27،323،275 ރުފިޔާ ދޫކޮށްފައިވާކަމަށެވެ.

ކިރުވާފައިވާ ކަޅުބިލަ މަހާއި ދޫކުރި ފައިސާ:

  • ކިރުވިމަސް: 1281 ޓަން
  • ދޫކުރި ފައިސާ: 27،226،555 ރުފިޔާ
  • ދޯނީގެ އަދަދު: 451

ކަންނެލި (10 ކިލޯއިން މަތި)

  • ކިރުވި މަސް: 0.5 ޓަން
  • ދޫކުރި ފައިސާ: 900 ރުފިޔާ
  • ދޯނީގެ އަދަދު: 1

ކަންނެލި (15 ކިލޯއިން މަތި)

  • ކިރުވި މަސް: 3.8 ޓަން
  • ދޫކުރި ފައިސާގެ އަދަދު: 95،825 ރުފިޔާ
  • ދޯނީގެ އަދަދު: 5

މިދިޔަ ސރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު އަންނަނީ ފައިސާ ދޫކުރަމުންނެވެ.

އިޝްތިހާރު އިޝްތިހާރު