ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯއިން އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތާ ދެވަނަ ފަހަރަށް ރަސްމީކޮށް ހަވާލުވެއްޖެ

88887
Maldivian_Ads
TTH_Ads
STO_Ads
Advertisement

އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯ އިން ދެވަނަ ފަހަރަށް މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ.

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ހަވާލުވުމާ ހަމައަށް އެ ސިޓީއަށް އެ ހިދުމަތް ދެމުން އައީ ފެނަކަ ކޯޕަރޭޝަނުންނެވެ. މިއީ އައްޑޫގެ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ސްޓެލްކޯއިން ހަވާލުވި ދެވަނަ ފަހަރެވެ.

އައްޑޫގެ ކަރަންޓުގެ ހިދުމަތާ ހަވާލުވުމުގެ ގޮތުން ސްޓެލްކޯގެ މެނޭޖިން ډިރެކްޓަރު ޑރ. އަލީ އަޒުވަރު އެ ސިޓީއަށް ކުރެއްވި ޒިޔާރާތުގައި މިއަދު ވަނީ އައްޑޫގެ މައި އިންޖީނުގެއަށް ވަޑައިގެން އެ އިމާރާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވައިފަ އެވެ. އަދި މަރަދޫފޭދޫ އޮފީހަށް ވަޑައިގެން، އެ ތަނުގައިވެސް ސްޓެލްކޯގެ ދިދަ ވަނީ ނަންގަވައިދެއްވައިފަ އެވެ.

HajjCop_ads
Advertisement

މި ޒިޔާރާތުގައި މަރަދޫފޭދޫ އޮފީހުގެ މުވައްޒަފުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން އަޒުވަރު ވިދާޅުވީ ސްޓެލްކޯއިން އައްޑޫގެ ކަރަންޓުގެ ހިދުމަތާ ދެވަނަ ފަހަރަށް ހަވާލުވުމަކީ އެ ސިޓީގެ ރައްޔިތުންނަށް އާ އުއްމީދުތަކެއް ގެނުވި ކަމެއް ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ފެނާއި ނަރުދަމާގެ ހިދުމަތްވެސް ދެމުން އައީ ފެނަކައިން ކަމަށްވިޔަސް، މާދަމާއިން ފެށިގެން އެ މަސައްކަތް އެމްޑަބްލިއުއެސްސީގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުން އައި ފެނަކަ ކޯޕަރޭޝަން އުވާލައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިޢުލާން ކުރައްވައިފަ އެވެ. ފަންނީ ބޭފުޅުންގެ ލަފާގެ މަތިން ސަރުކާރުން އެގޮތަށް ނިންމެވީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫން ކަމަށްވާތީ އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HUz1OShbsAA38Gz

ހއ. އަތޮޅުގެ ކަރަންޓުގެ ޚިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެއްޖެ

ސްޓެލްކޯއިން ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފަށައިފި

Maldivian hajj

ރަމަޟާންމަހުގެ ފަހު 15ގައި އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ

ތުރާކުނުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް