ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަރިކިލު ސްކޫލްގެ ހަތަރު ކްލާސްރޫމް އިމާރާތުގެ މަސައްކަތުގެ 55 އިންސައްތަ ނިމިއްޖެ

WhatsApp Image 2026 09 27 at 20.05.05
TTH_Ads
Maldivian_Ads
STO_Ads
Advertisement

ބ. ކުޑަރިކިލު ސްކޫލްގެ ހަތަރު ކްލާސްރޫމް އިމާރާތުގެ މަސައްކަތުގެ 55 އިންސައްތަ ނިމި، އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ މަސައްކަތްތައް ކުރިއަށްދާކަން އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ކުޑަރިކިލު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަޢުލީމީ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫޢެކެވެ.

ކުޑަރިކިލު ސްކޫލުގެ ހަތަރު ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ 23 ޖޫން 2023 ގައި ހަވާލުކުރީ ވޯލްސީ ޕްރައިވެޓް ލިމިޓެޑާއެވެ. 175 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކުރީގެ ސަރުކާރުން އެ ކުންފުންޏާ މި މަޝްރޫޢު ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށެވެ.

HajjCop_ads
Advertisement

ނަމަވެސް އެ ކުންފުންޏަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، މި ސަރުކާރުން ވަނީ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އެމްޓީސީސީން މިހާރު ދަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދަމުންނެވެ. މި މަޝްރޫޢު މުޅިން ނިމުމުން ކުޑަރިކިލު ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ކިޔެވުމަށް އެކަށީގެންވާ މާހައުލެއް ތަނަވަސްވެގެންދާނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 27 at 09.48.08

ފޮއްދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ 82 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 27 at 15.56.16

ތުޅާދޫ ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގެ ބޭރު ސިމެންތި ޖެހުމުގެ މަސައްކަތް ކުރިއަށް

473830 7118be98 6

އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް އަންނަ އަހަރު ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ: ރައީސް

muiz

ކެޕޭސިޓީ ވަރުގަދަކުރާ ޑްރެޖަރާއެކު ކުރިއެރުން ބޮޑުވާނެ: ރައީސް