ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި

88887
Maldivian_Ads
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫޢުގެ ގޮތުގައި، ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީ ކުރުމަށް ޔޫއޭއީގެ އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ “އީގަލް ހިލްސް” އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޔޫއޭއީގެ ނޫހެއް ކަމަށްވާ “ދަ ނެޝަނަލް” މަޢުލޫމާތު ދޭ ގޮތުގައި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ދާދި ދެންމެއަކި ދުބާއީގައެވެ. މި ރަސްމިއްޔާތުގައި އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލަޢައްބާރު އާއި ދިވެހި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ވެރިރަށް މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 17 މިނެޓުން ދެވޭ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ “ރަސްމާލެ” ގައި ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާއެއް، ވޯޓަރފްރަންޓް ޕްރޮމެނާޑްތައް، ރެސްޓޯރެންޓްތައް، ފިހާރަތައް އަދި ހިތްހަމަޖައްސައިލުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް ޤާއިމުކުރެވިގެންދާނެއެވެ.

HajjCop_ads
Advertisement

އީގަލް ހިލްސްއާ ޙަވާލާދީ ނޫހުގައި ބުނެފައިވާގޮތުގައި، ތަފާތު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިއަން ޑޮލަރަށް އަރާނެއެވެ. މިއީ އެ ކުންފުނިން އެއްފަހަރާ ކުރާ ކެޕިޓަލް އިންވެސްޓްމަންޓަކަށް ވުރެ ބޮޑަށް، މަޝްރޫޢުގެ އެކި މަރުޙަލާތަކުގައި ހިނގާނެ ކަމަށް ލަފާކުރެވޭ އިންވެސްޓްމަންޓްގެ އަދަދެވެ. މި މަޝްރޫޢަށް ފައިސާ ހަމަޖައްސާނެ ގޮތާއި، މަސައްކަތް ނިންމާނެ ތާވަލު އަދި އީގަލް ހިލްސްއިން ސީދާ އިންވެސްޓްކުރާނެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ބޮޑެތި އިޤްތިޞާދީ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އެގޮތުން، މި މަޝްރޫޢުގެ ދައުރުގެ ތެރޭގައި ޖުމްލަ 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، ރާއްޖެއަށް ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވެއެވެ. މީގެއިތުރުން، ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދި، މަޝްރޫޢު ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ މެއި 2025 ގައި ދުބާއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅިގެން މާލޭގައި 8.8 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

އީގަލް ހިލްސް އަކީ ބުރްޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްޤީކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ މުޙައްމަދު އަލަޢައްބާރުގެ ޕްރައިވެޓް ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ވޯޓަރފްރަންޓް މަޝްރޫޢުތައް ހިންގަމުންނެވެ. އޭގެ ތެރޭގައި އަބޫދާބީގެ ލުލު އައިލެންޑް އަލުން ތަރައްޤީ ކުރުމުގެ މަޝްރޫޢާއި، އަލްބޭނިއާގައި ހިންގާ 2.5 ބިލިއަން ޑޮލަރުގެ ޑުރެސް ޔޮޓްސް އެންޑް މެރީނާ މަޝްރޫޢުގެ އިތުރުން ޝާރްޖާގައި ހިންގާ 1.2 ބިލިއަން ޑޮލަރުގެ މަރްޔަމް އައިލެންޑް މަޝްރޫޢު ހިމެނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

2033 އަންނަންވާއިރަށް އަހަރަކު 5 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ

DSC

ސަރުކާރުގެ އެންމެ އިސް ސިޔާސަ​​ތަކީ އިހުލާސްތެރިކަމާއެކު އަދުލުވެރިކަން ގާއިމުކުރުން: ރައީސް

DSC

ޒުވާނުން ސިޔާސީ މަސައްކަތާ ދުރަށް ދާތީ ރައީސްގެ ކަންބޮޑުވުން