ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައިޔޫއެމް އިން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިޔުމަން ސައިންސަސް އިން މީސްމީޑިއާ އާއި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ޚާއްޞަ ޢިލްމީ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ނަފްސާނީ ދުޅަހެޔޮކަމާއި، މީޑިއާ، ޤާނޫނު، އަދި ދީނީ އިލްމުގެ ދާއިރާގެ މާހިރުން އެއްތަންވެ، ސޯޝަލް މީޑިއާގެ ސަބަބުން ފަރުދުންނާއި މުޅި މުޖުތަމަޢަށް ކުރާ އެކި ބާވަތުގެ އަސަރުތަކާ ބެހޭގޮތުން މަޢުލޫމާތު ބަދަލުކުރުމަށް ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ.

މި ޢިލްމީ ބައްދަލުވުމުގެ ޕެނަލް ޑިސްކަޝަނުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ނަފްސާނީ ދުޅަހެޔޮކަމާއި އަޚުލާގީ މިންގަނޑުތަކާއި ސުމޭކު ޙައްޤުތައް ރައްކާތެރިކުރުމާއެކު މީސްމީޑިއާގެ މަންފާތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. ވަކިވަކި ފަރުދުންނަށާއި މުޅި މުޖުތަމައަށް މިކަމުން ކުރާނެ ފައިދާތަކާމެދު ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިފައެވެ.

HajjCop_ads
Advertisement

މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގަތީ އަލްފާޟިލާ ސަމާ އިބްރާހީމް ދީދީއާއި، އަލްފާޟިލާ ޒަމްޢަތު އަޙުމަދު ވަޙީދާއި، އަލްއުސްތާޛު އަޙުމަދު ނިޒާރު ޞާދިޤުގެ އިތުރުން އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙުމަދެވެ. މި މުހިންމު ސެޝަން މޮޑަރޭޓް ކޮށްދެއްވީ އަލްއުސްތާޛު އިސްމާޢީލް ނާޖީއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަޤްވާމީ ކޭމްޕެއް ރާއްޖޭގައި ފަށައިފި

Dd531c14 7984 44d9 b4ad 9a7e2f078b68

އައިޔޫއެމް ކޮންފަރެންސަށް އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކު ސްޕޮންސަރ ދެނީ

އައިޔޫއެމްގެ ދެވަނަ ޓާމުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

މުވައްޒަފުންނާއި ދަރިވަރުން އިތުރުކުރުމަށް ޝައިޚުލް އަޒްހަރާ ގުޅިގެން އައިޔޫއެމްއިން މަސައްކަތް ކުރަނީ